ވ. އަތޮޅުގައި ގެއްލުނު ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްއަށް އެހީތެރިވުމަށް އިޓަލީ ސަރުކާރުން ފަންނީ މާހިރުން ފޮނުވަން ނިންމައިފި އެވެ.

ޑައިވިންއަށް ދިޔަ ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން ފެނިފައިވަނީ ހަމައެކަނި ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވް ޓީމުތަކުން ގެއްލުނު ބާކީ ހަތަރު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ އިޓަލީ ސަރުކާރުން ދެ މާހިރަކު ފޮނުވަން ނިންމާފައިވާ ކަމަށާއި އެ މީހުން އައުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެ ފަރާތްތައް ވަރަށް އަވަހަށް ރާއްޖެ އައިސް އެމްއެންޑީއެފް ޓީމާއެކު މަސައްކަތް ފަށާނެ އެވެ.

މި ހާދިސާއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ 'އެމްވީ ޑިއުކް އޮފް ޔޯކް' ސަފާރީގެ އޮޕަރޭޓިން ލައިސަންސް ތަހުގީގު ނިމެންދެން ސަސްޕެންޑް ކޮށްފަ އެވެ.