ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުން ޔޫސުފް ވަހީދު މިއަދު ވަކިކޮށްފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން ވަނީ އޭނާ ބޯޑުން ވަކިކުރިކަން ކަށަވަރުކޮށްދީފަ އެވެ.
ދެހާސް ސައުވީސް ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެޗްޑީސީގެ ބޯޑަށް އައްޔަންކުރި ޔޫސުފް ވަހީދަކީ މިހާރު ވެސް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ޔޫސުފް ވަހީދަކީ މާލީ އަދި އޮޑިޓްކުރުމުގެ ދާއިރާގައި 15 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަދި މާލީ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެކެވެ. އަދި އޭނާއަކީ ޗާޓާޑް މެނޭޖްމަންޓް އެކައުންޓަންޓެއްގެ އިތުރުން ޗާޓާޑް ގްލޯބަލް މެނޭޖްމަންޓް އެކައުންޓަންޓެކެވެ. އަދި ޗާޓާޑް އެކައުންޓަންޓްސް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ވެސް މެންބަރެކެވެ.
އޭނާ ވަނީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން ޕްރޮފެޝަނަލް އެކައުންޓިންގެ ދާއިރާއިން މާސްޓާސް ޑިގްރީ އަދި ފައިނޭންސްގެ ދާއިރާއިން ބެޗެލާސް ޑިގްރީގެ އިތުރުން ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކުރައްވައިފަ އެވެ.
ބާވެ ހަލާކުވާ ނޫޓުތަކަށް މަރުކަޒީ ބޭންކުން ކުރަނީ ކީއް!
ދަންވަރު ހޭލާ އުޅޭނަމަ ހިތުގެ ބަލިތަކަށް މަގުފަހިވޭ: ދިރާސާ
ލީވާން ވަކި ގޮޅިއަކަށް ލައި އެކަހެރިކޮށްފި