ރާއްޖެއަށް ކަނޑުމަގުން ކަނޑުމަގުން ވަގަށް އެތެރެކުރަން އުޅުނު ދެ މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފި އެވެ. އެތަކެތި އަތުލައިގެންފައި ވަނީ މާލޭ ވިޔަފާރި ބަނދަރުންނެވެ.
ކަސްޓަމްސް އިން ބުނީ ޖުމްލަ 2.3 މިލިއަން ސިނގިރޭޓު ސްޓިކްސް އަތުލައިގަނެފައިވާ ކަމަށެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލް ކަސްޓަމްސް އިން ހާމަކޮށްފައެއް ނުވެ އެވެ.
މި ސަރުކާރުން ސިނގިރެޓުން ނަގާ ޑިއުޓީ އިންތިހާއަށް ބޮޑުކުރުމުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، މާލެ ތެރޭގައި އެ ސިނގިރެޓު ފާޅުގައި ވިއްކަމުން ގެންދެ އެވެ. އަދި ވަގަށް އެތެރެކުރާ ބައެއް ސިނގިރޭޓުތައް އަތުލައިގަނެވުނު ނަމަވެސް ސަރުކާރުން އެ ފަރާތްތަކާ ޑީލް ހަދައިގެން ބައެއް މައްސަލަތައް އޮއްބާލާފައިވާކަން ވެސް އެނގިފައިވެ އެވެ.
މީގެ ކުރިން ވެސް ކަސްޓަމްސް އިން ވަނީ ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރާ ގިނަ އަދަދެއްގެ ސިނގިރޭޓް ކޮންޓެއިނަރުތަކެއް އަތުލައިގަނެ ނައްތާލާފަ އެވެ.
ދިރާގުފޯރި ލަކީޑްރޯގެ ފައިނަލް ރައުންޑްގައި ވާދަކޮށްގެން ޓީވީއެއް
މާލޭގެ މޭޔަރާއި ކައުންސިލަރުންނަށް އެޗްޑީސީން ހުރަސްއަޅައިފި
ފުރަތަމަ ޓާމުގެ ރިޕޯޓް ފޮތް ދީ، ދަރިވަރުން ޗުއްޓީއަކަށް