އދ. މަހިބަދޫ ކައުންސިލްގެ ނައިބު ރައީސަކު ހޮވުމަށްޓަކައި އާ ކައުންސިލަރުންގެ މެދުގައި އަށްވަނަ ފަހަރަށް ބޭއްވި ވޯޓުގައި، އެ ކައުންސިލްގެ ނައިބު ރައީސްކަމަށް އެމްޑީޕީގެ މެންބަރު ޒައީމާ މުހައްމަދު ރޭ އިންތިހާބުކޮށްފި އެވެ.
ރޭ 9:00 ގައި ބޭއްވި ޖަލްސާގައި ޒައީމާ ނައިބު ރައީސްކަމަށް ހޮވިވަޑައިގަތީ 3 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ޕީއެންސީގެ މެންބަރު މުހައްމަދު މައުމޫނަށް ލިބިވަޑައިގަތީ 2 ވޯޓެވެ.
އާ ކައުންސިލަރުން މިދިޔަ އާދިއްތަ ދުވަހު ހުވާކުރެއްވި ނަމަވެސް، ނައިބު ރައީސަކު ނުހޮވި ދިގުލައިގެން ދިއުމުގެ ސަބަބުން ކައުންސިލްގެ ރަސްމީ އެއްވެސް މަސައްކަތެއް ފެށޭ ގޮތް އޮތީ ނުވެފަ އެވެ. ގާނޫނު ބުނާ ގޮތުން ހުވާކުރުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި ނައިބަކު ކަނޑައަޅަންޖެހޭތީ، ރަށުގެ ޚިދުމަތްތައް އޮތީ ހުއްޓިފަ އެވެ.
މި މަގާމަށް ޒައީމާ އާއި މައުމޫނުގެ އިތުރުން އަމިއްލަ މެންބަރު ބުންޔާމީން ހަސަން ކުރިމަތިލެއްވި އެވެ. ފުރަތަމަ ބުރުގައި ޒައީމާ އާއި މައުމޫނަށް 2 ވޯޓު، އަދި ބުންޔާމީނަށް 1 ވޯޓު ލިބިވަޑައިގަތް ނަމަވެސް، އޭގެ ފަހުން ބޭއްވި ކޮންމެ ވޯޓެއްގައި ވެސް 2-2 އިން އެއްވަރުވެ، ބާތިލް ވޯޓެއްގެ ސަބަބުން އެ މައްސަލަ އޮތީ މަރުތަޅު އެޅިފަ އެވެ. އާ ކައުންސިކް ހުވާކުރި ދުވަހު އެކަނިވެސް 6 ފަހަރަށް ވޯޓުލުން ބޭއްވި އެވެ. އިއްޔެ މެންދުރު ބޭއްވި 7 ވަނަ ޖަލްސާ ވެސް ނިމުނީ ނަތީޖާއެއް ނުނެރެވިފަ އެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލަ ހައްލުވީ، ރަށުގެ ތަރައްގީއަށްޓަކައި އަމިއްލަ މެންބަރު ބުންޔާމީން ހަސަން ނިންމެވި ހަރުދަނާ ނިންމެވުމެއްގެ ސަބަބުންނެވެ. އޭނާގެ އަމިއްލަ ކެންޑިޑެސީ ދޫކޮށްލައްވައި، ރޭ ބޭއްވި 8 ވަނަ ޖަލްސާގައި ވޯޓު ދެއްވީ ޒައީމާއަށެވެ.
މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފި
އެލްޖީއޭގެ ދަށުން އަތޮޅު އޮފީސްތަކެއް ނުހިންގޭނެ: ސުއޫދު
ސޯޝަލް މީޑިއާ މެދުވެރިކޮށް ހަގީގީ އެކުވެރިކަން ހޯދިދާނެތަ؟