އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ބަލިވާ ފަރާތަށް ތާއީދުކުރާ މެންބަރުން ޕާޓީގެ ހަރަކާތްތަކުން އެކަހެރިވާންޖެހޭނެކަމަށް ބުނެ އިދިކޮޅު ކެންޑިޑޭޓު ދައްކަވާފައިވާ ބިރުދެއްކުމުގެ ވާހަކަތަކަށް، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހްމަދު ނަސީމް ރައްދު ދެއްވައިފި އެވެ.
މީކާއީލް ވަނީ އޭނާގެ ޗެއާޕާސަން ކަމެއްގައި އެއްވެސް މެންބަރަކު، އަދި އިންތިހާބީ މަގާމެއްގައި ހުރި އެއްވެސް ބޭފުޅަކު ބާކީ ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައި، ޕާޓީގެ އެއްބައިވަންތަކަން ހިފަހައްޓަވާނެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ޕާޓީގެ އާންމު މެންބަރުންނާއި އިންތިހާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މުހާތަބުކުރައްވައި މީކާއީލް ވިދާޅުވީ، އިންތިހާބުގައި ކޮންމެ ކޮޅެއްގައި ތިއްބެވި ކަމުގައި ވިޔަސް މުސްތަގުބަލުގައި އެބޭފުޅުންނަށް ޕާޓީން ޖާގަ އޮންނާނެ ކަމަށެވެ. އަދި މުސްތަގުބަލުގައި އެބޭފުޅުންނަށް ޕާޓީގައި ކުރިމަގު ހޯދުމުގެ ޖާގަ ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ، މީކާއީލް ވަނީ ޕާޓީއަކީ އިންކްލޫސިވް، ހުރިހާ އެންމެނަށް ޖާގަ އޮންނަ، ފުރުސަތު އޮންނަ ޕާޓީއަކަށް ހަދަން ބޭނުންވާނަމަ އޭނާއާ އެކު މި އިންތިހާބުގައި އިތުބާރާ އެކު ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.
މީކާއީލް ވީޑިއޯގެ ޒަރިއްޔާއިން މި މެސެޖު ދެއްވާފައި މިވަނީ، އިދިކޮޅު ކެންޑިޑޭޓުގެ ފަރާތުން އަންނަމުންދާ އިންޒާރުތަކާއި ގުޅިގެން މެންބަރުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ނިމުމެއް ގެނެސްދެއްވުމުގެ ގޮތުންނެވެ. ވަކި ފެކްޝަނަކަށް ޕާޓީ ހިންގުމުގެ ބަދަލުގައި، މީކާއީލްގެ އަމާޒަކީ ޑިމޮކްރެޓިކް އުސޫލުތަކަށް އިހުތިރާމްކޮށް، އެންމެން އެއްގަލަކަށް އަރުވައިގެން ޕާޓީ ކުރިއަށް ގެންދިއުމެވެ. މީކާއީލްގެ ކެމްޕޭން ޝިއާރު "އިތުބާރު" ގެ އަސްލަކީވެސް މިއީއެވެ. ބަދަލުހިފުމުގެ ރޫޙު ދޫކޮށްލައި، ހުރިހާ މެންބަރުންނަށް އިތުބާރާއެކު ޕާޓީގައި ކުރިއަށްދެވޭނެކަން ކަށަވަރުކޮށްދިނުމެވެ.
ޑޭވިޑްގެ ތައުރީފު ދަރިފުޅު ވަރުންއަށް ބަންޑުން ކޮށްލައިފި
ލޫކަސް ބަންދުން ދޫކޮށްލައިފި
އިންޑިއާ ސަރުކާރަށް ރެކޯޑް އަދަދަކަށް ފައިސާ ދޫކުރަނީ
