ށ. މިލަންދޫގެ ފައިބަރު މަސައްކަތްކުރާ ސަރަހައްދުގައި ރޭ ރޯވި އަލިފާންގަނޑު ނިއްވައިލެވުނީ ދެ ގަޑިއިރު ފަހުން ކަމަށާއި، އޭރު އެ ސަރަހައްދުގައި އަޅާފައި އޮތް ތިން ޑިންގީއަކަށް ގެއްލުން ލިބުނު ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާ ކުރި މެސެޖެއްގައި ބުނީ މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި އަލިފާން ރޯވެފައިވާ މައްސަލަ ރޭ 11:09 ކަން ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައި ވަނީ ރޭ ދަންވަރު 01:00 ކަން ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ތިން ޑިންގީ އަކާއި، ޑިންގީ އެޅުމަށް ބޭނުންކުރާ ތައްގަނޑު ތަކެއްގެ އިތުރުން ފައިބަރު މަސައްކަތުގައި ބޭނުންކުރާ ތަކެއްޗަށާއި ތަނަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މަޖިލީހުގެ ނައިބު ރައީސަކަށް ސަލީމް
ލޯންޗާއި ދޯނި ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށްދިޔަ މައްސަލައެއް
އާދަކޮށް ރޭގަނޑު ލަހުން ކާނަމަ ހަށިގަނޑަށް ގިނަ ބަދަލުތަކެއް!