"ކިންގް އޮފް ޕޮޕް" ގެ ނަމުން މަޝްހޫރުވެފައިވާ މައިކަލް ޖެކްސަން މިހާރު ދުނިޔޭގައި ނެތް ނަމަވެސް، މިއުޒިކް އިންޑަސްޓްރީގައި އޭނާ ހަދަމުންދާ ތާރީހީ ރެކޯޑުތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ.
ފޯބްސް މަޖައްލާގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނާ ގޮތުގައ، މައިކަލް ވަނީ މިއުޒިކްގެ ދުނިޔޭގައި މީގެ ކުރިން އެއްވެސް ސޯލޯ ފަންނާނަކަށް ހާސިލް ކުރެވިފައި ނުވާ ފަދަ އާ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.
ބިލްބޯޑް ޗާޓުތަކުން ދައްކާ ގޮތުގައި މައިކަލް ޖެކްސަންގެ ލަވަ "ޗިކާގޯ" ބިލްބޯޑް ހޮޓް 100 ޗާޓަށް އަލަށް ވަނުމާއެކު އޭނާ ވެގެން ގޮސްފައިވަނީ ތަފާތު ހަ ދަހަރެއްގައި މި ޗާޓުން ޖާގަ ހޯދި ފުރަތަމަ ސޯލޯ އާޓިސްޓަށެވެ. މިއީ އޭނާގެ މިއުޒިކްގެ ނުފޫޒާއި މަގުބޫލުކަން ޖީލުތަކަކަށް ދެމިގެންގޮސްފައިވާ ކަމުގެ އަލިގަދަ ހެއްކެކެވެ.
މި ތާރީހީ ކާމިޔާބީއާ އެކު 1970 ގެ އަހަރުތަކުން ފެށިގެން 2020ގެ އަހަރުތަކާ ހަމައަށް ކޮންމެ ދަހަރެއްގައި ވެސް މައިކަލް ޖެކްސަންގެ އާ ލަވައެއް ބިލްބޯޑްގެ އެންމެ މަގުބޫލު 100 ލަވައިގެ ލިސްޓުން ޖާގަ ހޯދާފައިވެ އެވެ. ދުނިޔޭގެ މިއުޒިކްގެ ތާރީހުގައި ވެސް މިއީ ވަރަށް މަދު ފަންނާނަކަށް ނޫނީ ހާސިލް ކުރެވިފައިވާ ކާމިޔާބީއެއް ނޫނެވެ.
މައިކަލް ޖެކްސަންގެ މަގުބޫލުކަން އަދިވެސް ހުރި ގޮތަށް ބަލާއިރު ދާދިފަހުން އޭނާގެ މަޝްހޫރު އަލްބަމްތައް ކަމަށްވާ "ބޭޑް" އަދި "އޮފް ދަ ވޯލް" ވެސް ވަނީ ބިލްބޯޑްގެ ވިނިއުލް އަލްބަމްސް ޗާޓުގައި އާ ކުރިއެރުންތަކެއް ހޯދާފަ އެވެ. މީގެ އިތުރުން އޭނާގެ އެންމެ ކާމިޔާބު އަލްބަމް "ތުރިލާ" އަދިވެސް ދަނީ ޗާޓުތަކުގެ ކުރީގައި ވާދަ ކުރަމުންނެވެ.
މި ހުރިހާ ތަފާސް ހިސާބުތަކުން އެނގެނީ މައިކަލް ދުނިޔޭގައި ނެތް ނަމަވެސް އޭނާގެ މިއުޒިކީ ރަސްކަމާއި ކާމިޔާބީގެ ސިލްސިލާ އިތުރަށް ވަރުގަދަ ވަމުންދާ ކަމެވެ.
ނަފްސާނީ ދުޅަހެޔޮކަން: އަޅާނުލާ ދޫކޮށްލައިގެން ނުވާނެ 3 ކަމެއް!
ޝާހްރުކް ޚާން މިފަހަރު ފެނުނީ މުޅިން ތަފާތުކޮށް!
އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތަކެއް