ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ ފުލުހެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ޖޫން 1 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވެނީ ފުލުހަކަށެވެ.
މި މައްސަލައިގެ ޖިނާއީ ތަހުގީގު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރިއަށްގެންދާއިރު، އެ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ގައުމުތަކުން އެމެރިކާއަށް އެއްބާރުލުން ނުދޭން އީރާނުން ގޮވާލައިފި
ޑޮލަރު މާރުކުރުމާ ގުޅޭ ކުއްލި މައްސަލަ ބޭރުކޮށްލައިފި
ސްޕައިޑަމޭންގެ ކާމިޔާބާއެކު ގަދަ 5ގެ ލިސްޓުން ޓައިޓޭނިކް ބޭރަށް؟
