ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ދިޔަ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހަތް މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.
މި މައްސަލައިގައި ސަސްޕެންޑުކޮށްފައިވަނީ ގއ. މާމެންދޫއަށް ނިސްބަތްވާ ހަތަރު މީހަކާއި ގއ. ވިލިނގިއްޔަށް ނިސްބަތްވާ ތިން މީހެކެވެ. މިއީ މިފްކޯގައި މަސައްކަތްކުރާތާ އެތައް އަހަރެއް ވެފައިވާ މުވައްޒަފުންތަކެކެވެ. 14 ދުވަހަށް ސަސްޕެންޑުކޮށްފައިވާކަން ލިޔުމުން އެ މީހުންނަށް ވަނީ އަންގާފަ އެވެ.
ފަހަކަށް އައިސް ސިޔާސީ ސަބަބުތަކަށްޓަކައި ހައްގު ނޫންގޮތުގައި މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުން ވަނީ އާންމުވެފަ އެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވި އަބްދުﷲ ސޯދިގުއާ އެކު ފޮޓޯއެއް ނެގި މައްސަލައިގައި، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު އަދާކުރަމުންދިޔަ މަގާމު ވަނީ އުވާލާފަ އެވެ. މީގެއިތުރުން އޭނާއަށް ކެމްޕެއިންކޮށްދިން ކަމަށް ބުނެ ވެމްކޯގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވެ އެވެ. އަދި ގާނޫނާ ހިލާފަށް ޕެންޝަން ފައިސާ ހިފަހައްޓާތީ މުޒާހަރާކުރި ވެމްކޯގެ ދެ މުވައްޒަފަކު ވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
މޫނު ދުޅަވީ "ފިލާސް" ގޯސް ވެގެންނެއް ނޫން: އުރްފީ
ޑުއާ ލިޕާގެ އަގުބޮޑު ކައިވެންޏާއެކު ސިސިލީގައި ބޮޑު މުޒާހަރާއެއް!
ސަބްސިޑީއަށް ކުރި ހަރަދު ދެގުނަ މައްޗަށް ގޮސްފި
