މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޗެއާޕާސަން ހޮވުމަށް ބާއްވާ އެތެރޭގެ އިންތހާބުގެ ވޯޓުލުން މިއަދު މެންދުރުފަހު 14:30 ގައި މުޅި ރާއްޖޭގައި ފަށައިފި އެވެ.
މި އިންތިހާބަކީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބެކެވެ. މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ.
މި އިންތިހާބުގެ ފޯރި ގަދަވެފައިވަނީ ޕާޓީގެ އެތެރޭގައި އޮތް ދެ ފެކްޝަނެއްގެ ކުރިމަތިލުމެއްގެ ގޮތުގައި ސިފަވާ އިންތިހާބަކަށް ވާތީ އެވެ. އެގޮތުން މީކާއިލް ނުކުމެވަޑައިގެން ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ފުރިހަމަ ތާއީދާ އެކުގަ އެވެ. އަދި ކުރިން ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް މިފަހަރު ތާއީދު ކުރައްވަނީ ރައީސް ނަޝީދަށެވެ.
ވޯޓުލުމުގެ އިންތިޒާމުތައް މާލެއާއި އަތޮޅުތަކުގެ ހުރިހާ ރަށެއްގައި ހަމަޖައްސާފައިވާއިރު، ވީހާވެސް ގިނަ މެންބަރުންނަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށްޓަކައި އެމްޑީޕީން ވަނީ ވޯޓުލާ ވަގުތު އިތުރުކޮށްފަ އެވެ. ކުރިން ރޭގަނޑު 20:00 އަށް ވޯޓުފޮށިތައް ބަންދުކުރަން ހަމަޖެހިފައި އޮތް ނަމަވެސް، މިހާރު ވަނީ 20:30 އާ ހަމައަށް ވަގުތު އިތުރުކޮށްފަ އެވެ. މި އިންތިހާބުގައި ވޯޓުލެވެނީ މި އަހަރުގެ އޭޕްރީލް 22 ގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ހިމެނޭ މެންބަރުންނަށެވެ.
އެންމެ ފަހު ވަގުތު ހައިޓީއަށް ޖެހުނީ ޖޯޒީގެ ޑިޒައިން ބަދަލުކުރަން
އެމްވީކްރައިސިސް ހިންގަނީ ޝުންބާ ކަމުގެ ހެއްކެއް ނެތް:ސިވިލް ކޯޓް
ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ އޭސީތައް ބޭނުމެއް ނުކުރެވޭ