އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އެތެރޭގެ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި ބަލިވިކަން ގަބޫލުކުރައްވައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
މީކާއީލް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް ނަޝީދަށް ފޯނުން ގުޅުއްވައި އެމަނިކުފާނު ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް މަރުހަބާ ދަންނަވާފައިވާކަން ހާމަކުރައްވާފަ އެވެ. އަދި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮވެ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ޕާޓީގެ އާންމު މެންބަރުންނާ އެކު ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަންވެސް މީކާއީލް ވަނީ ދެއްވާފަ އެވެ.
މި އިންތިހާބުގައި ޖުމްލަ 241 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މިހާތަނަށް 130 ފޮށީގެ ނަތީޖާ ވަނީ ސާފުވެފައެވެ. މި ނަތީޖާތައް ދައްކާ ގޮތުން ރައީސް ނަޝީދަށް 8،661 ވޯޓު ލިބިވަޑައިގެންފައިވާއިރު، މީކާއީލްއަށް ލިބިވަޑައިގަތީ 4،158 ވޯޓެވެ. އެހެންކަމުން 4،503 ވޯޓުގެ ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ ރައީސް ނަޝީދެވެ. މިއަދު ބޭއްވި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބިފައިވީ ނަމަވެސް، ވޯޓުލާން ނުކުތް މީހުންގެ ޖުމްލަ އަދަދު އަދި ކަށަވަރެއް ނުވެ އެވެ.
ޗެއާޕާސަން މަގާމުގެ މުހިންމުކަންއެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން، ޕާޓީގެ ޗެއާޕާސަންގެ މަގާމަކީ ހިންގުމުގެ ނިޒާމުގައި އެންމެ އިސް އަދި އެންމެ ބާރުގަދަ މަގާމެވެ. ކުރީގެ ރައީސް ނަޝީދު ވަނީ މީގެ ކުރިންވެސް އެމްޑީޕީގެ ޗެއާޕާސަންކަން ކުރައްވާފަ އެވެ.
ބައެއް ރަށްރަށުގައި ވަނީ ވޯޓާސް ލިސްޓް އޮޅުވާލާފައި: މީކާއީލް
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވައިފި
ދަރިން ފޫހި ވުމަކީ މައްސަލައެއް ނޫން، ހައްލަން ފޯނު ނުދޭތި!
