އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗު ކުޅެން ރާއްޖެ އައިސްފައިވާ އިންޑިއާގެ ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިން މާލެ ތެރޭގައި އުޅެމުންދާތީ އެ ޓީމު މިހާރުން މިހާރަށް ރާއްޖެ ދޫކޮށް ދިޔުމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް އަންގަވައިފި އެވެ.
މަހުލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަހަލަ ކަންކަން ބަލައި ނުގަނެވޭނެ ކަމަށާއި އެ ޓީމުގެ ކުޅުންތެރިން މިހާރުން މިހާރަށް ރާއްޖެ ދޫކޮށް ދާންޖެހޭ ކަމަށެވެ.
މަހްލޫފް ވިދާޅުވީ އާއްމުންގެ ޕްރެޝަރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި ވެސް މުބާރާތް ބޭއްވުމަށް ނިންމީ ބޮޑު ރިސްކެއް ނަގައިގެން ކަމަށާއި، އެކަމަށް ބެންގަލޫރު ޓީމުން އިހްތިރާމް ނުކުރިކަމަށެވެ.
އެ ޓީމުގެ ކުޅުންތެރިން ރާއްޖެ ގެންނަން އުޅުނުމުން ވެސް ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަހުލޫފް މީގެކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގައި އެ މެޗް ކުޅެނީ ރައްކާތެރިކަމުގެ ފިޔަވަޅާއެކު ކަމަށެވެ.
އެގޮތުން ހޮޓަލަށް ވަނުމަށްފަހު އެއްވެސް ކުޅުންތެރިއަކު ބޭރަށް ނުނިކުންނާނެ ކަމަށާއި ކަނޑައެޅިފައިވާ ގޮތުގެމަތިން ޕީސީއާރް ޓެސްޓް ހަދާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.
"ޑެވިލް ވެއާސް ޕްރާޑާ 2"ގެ ޓްރެއިލާ ނެރެފި
މެއި/ޖޫން ގައި އޭލެވެލް ހަދަން ފުރުސަތު ދޭން ނިންމައިފި
ޖޭލޯއާއެކު އެއްވެސް ގުޅުމެއް ބާއްވަން ޖެނިފާ ބޭނުން ނުވަނީ ކީއްވެ
