އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސަތުގައި ބާއްވާ ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް މަސައްކަތް ކުރަން ފަށައިފި އެވެ.
ޕާޓީގެ އެތެރޭގެ އިންތިހާބުގެ ފޯރިގަދަ ދުވަސްތަކަށްފަހު، އެމްޑީޕީގެ ހިންގުން ހަރުދަނާކުރުމުގެ އަމަލީ މަސައްކަތްތައް ރައީސް ނަޝީދު މިވަނީ ހަލުވި މިނެއްގައި ފައްޓަވާފަ އެވެ. އެގޮތުން ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް، މެންބަރުން މުއާމަލާތްކުރާ ވަޓްސްއަޕް ގްރޫޕް މެދުވެރިކޮށް އެމަނިކުފާނު ހުށަހެޅުއްވި ހުށަހެޅުއްވުމަށް، ބޮޑު އަގުލަބިއްޔަތަކުން ވަނީ ތާއީދުކޮށް، ޖަލްސާގައި ބައިވެރިވުމަށް ނަން ނޯޓުކުރަން ފަށާފަ އެވެ.
ނަމަވެސް މި ޖަލްސާގެ ރަސްމީ އެޖެންޑާ މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ގައުމީ މަޖިލީހުގެ ޖަލްސާގެ ކުރިން ހަރުގޭގެ ބައްދަލުވުމެއް ވެސް މާދަމާރޭ ބާއްވަން ވަނީ ރޭވިފަ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ޗެއާޕާސަންއަކީ ޕާޓީގެ އެތެރޭގެ އިދާރީ ކަންކަން ރާވާ، ކޮންގްރެސްއާއި ގައުމީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ އެންމެ އިސްވެރިޔާ އެވެ. މީގެ އިތުރުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއެކު ޕާޓީގެ ފަރާތުން މުއާމަލާތް ކުރާނީވެސް ޗެއާޕާސަން އެވެ.
އޮސްޓްރޭލިއާ އިން ތުރުކީ ބަލިކޮށްފި
އަލީ ހާމަނާއީގެ ޖަނާޒާ ޖުލައި 4 ގައި ބާއްވަނީ
ސިނާއަތްތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 51.7 ބިލިއަނަށް