އެމެޒޯން ޕްރައިމް ވީޑިއޯއިން ދާދިފަހުން ދައްކަން ފެށި ކާމިޔާބު ރޮމޭންޓިކް ޑްރާމާ ސީރީޒް "އެވްރީ އިޔާ އަފްޓާ"ގެ ދެވަނަ ސީޒަނެއް އުފެއްދުމަށް ރަސްމީކޮށް ހުއްދަދީ ސީރީޒް އާކޮށްފިއެވެ.
ލިޔުންތެރިޔާ ޗާލީ ފޯޗޫންގެ ބެސްޓް-ސެލިންގ ވާހަކަ "އެވްރީ ސަމާ އަފްޓާ" އަށް ބިނާކޮށް އުފައްދާފައިވާ މި ސީރީޒްގެ ފުރަތަމަ ސީޒަން މި ޖޫން މަހުގެ ކުރީކޮޅު ރިލީޒް ކުރުމާއެކު ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ވަނީ ހޯދާފަ އެވެ. ސީރީޒްގެ ފުރަތަމަ ސީޒަނުގައި ފެނިގެންދަނީ ޕާސީ އާއި ސޭމްގެ ލޯބީގެ ވާހަކަ އެވެ.
ޝޯވްރަނަރު އެމީ ބީ. ހެރިސް ހާމަ ކޮށްފައިވާ ގޮތުގައި، މި ސީރީޒްގެ ނަން ފޮތުގެ އަސްލު ނަމާ ތަފާތުކޮށް "އެވްރީ އިޔާ އަފްޓާ"ގެ ނަމަށް ބަދަލުކުރީ ވެސް، ކެރެކްޓަރުންގެ ދިރިއުޅުން ހަމައެކަނި ހޫނު މޫސުމުގެ (ސަމާ) ތެރޭގައި ދައްކާލުމުގެ ބަދަލުގައި، އަހަރުގެ ހުރިހާ މޫސުމެއްގައި އެމީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތައް ގިނަ ސީޒަންތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމުގެ މަގްސަދުގަ އެވެ.
މޫވްމަންޓްގެ ހަބަރުތައް ބުނާ ގޮތުގައި، ދެވަނަ ސީޒަން ބޮޑަށް ބިނާވާނީ ޗާލީ ފޯޗޫންގެ ދެވަނަ ފޮތް ކަމަށްވާ "ވަން ގޯލްޑަން ސަމާ" އަށެވެ.
މި ސީޒަނުގައި ސޭމްގެ ބޭބެ، ޗާލީ ފްލޮރެކްގެ ދިރިއުޅުމަށް ބޮޑު ސަމާލުކަމެއް ދެވޭނެ އެވެ. ނަމަވެސް، ފުރަތަމަ ސީޒަނުގެ ފިނާލޭ ނިމުނު ގޮތުން، ޕާސީ އާއި ސޭމްގެ ގުޅުމަށް ދެންވާނެ ގޮތްތަކެއްވެސް ދެވަނަ ސީޒަނުން ފެނިގެންދާނެ އެވެ.
މި ސީރީޒްގެ މައިގަނޑު ތަރިން ކަމަށްވާ ސޭޑީ ސޯވަރަލް (ޕާސީ)، މެޓް ކޯނެޓް (ސޭމް)، އަދި މައިކަލް ބްރެޑްވޭ (ޗާލީ) ދެވަނަ ސީޒަނުންވެސް ފެނިގެންދާނެ އެވެ.
ސީރީޒް ރަސްމީކޮށް އާކުރި ނަމަވެސް، ދެވަނަ ސީޒަން ރިލީޒް ކުރާނެ ވަކި ތާރީހެއް ޕްރައިމް ވީޑިއޯއިން އަދި ހާމައެއް ނުކުރެ އެވެ. އުއްމީދު ކުރެވެނީ 2027 ގައި ދެވަނަ ސީޒަން ރިލީޒް ކުރެވޭނެ ކަމަށެވެ.
ސްމާޓް ފޯނުން ކެންސަރަށް މަގުފަހި ވޭތަ؟
ހޫނުގަދަވުމުގެ ސަބަބުން ފްރާންސްގައި މީހުން މަރުވަނީ