އީރާނުގެ ދަނޑުބިމަށް ވައްޓާލެވުނު އެމެރިކާގެ އެފް-15 ފައިޓާ ޖެޓެއްގެ ކްރޫ ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އަދި ކާމިޔާބު އޮޕަރޭޝަންގެ ވާހަކަ ކިޔައިދޭ ހޮލީވުޑް ފިލްމެއް އުފެއްދުމުގެ މަސައްކަތް މަޝްހޫރު ޑައިރެކްޓަރު މައިކަލް ބޭ ފަށައިފި އެވެ.

މިއީ 2026 ވަނަ އަހަރު އަސްކަރީ ހާދިސާއެއްގެ މައްޗަށް ލިޔުންތެރިޔާ މިޗެލް ޒުކޯފް ލިޔަން ހަމަޖެހިފައިވާ ފޮތަކަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

މި ހާދިސާގައި އީރާނުގެ ސަރަހައްދަށް ވެއްޓުނު ފައިޓާ ޖެޓުގެ ޕައިލެޓް، އެމެރިކާގެ ހާއްސަ އަސްކަރީ ބާރުތަކުން ވަގުތުން ސަލާމަތްކުރި އެވެ. ނަމަވެސް، ޖެޓުގައި އިން ދެވަނަ އޮފިސަރު ސަލާމަތް ކުރުމަށް 36 ގަޑިއިރަށްވުރެ ދިގު، ނުރައްކާތެރި ސުޕަ ރެސްކިއު އޮޕަރޭޝަނެއް ހިންގަން ޖެހުނެވެ.

ޖުމްލަ 155 އަށްވުރެ ގިނަ މަތިންދާބޯޓާއި ހާއްސަ ފޯސްތައް ބައިވެރިވި މި މިޝަނަކީ ފަހުގެ ތާރީހެއްގައި ހިންގުނު އެންމެ ވަރުގަދަ އަދި ކާމިޔާބު އެއް އަސްކަރީ ރެސްކިއު މިޝަނެވެ.

"އާމަގެޑަން"، "ޓްރާންސްފޯމާސް"، "ޕާލް ހާބަރ" އަދި "13 އަވާސް" ފަދަ ބޮޑެތި އެކްޝަން ފިލްމުތައް ޑައިރެކްޓްކޮށްފައިވާ މައިކަލް ބޭ އަކީ މިފަދަ ހަގީގީ އަސްކަރީ ވާހަކަތައް ބޮޑު ސްކްރީނަށް ގެނައުމުގައި ނަން މަޝްހޫރު ޑައިރެކްޓަރެކެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނެ ވަކި ތާރީހެއް ނުވަތަ ފިލްމާ ގުޅޭ އިތުރު ތަފްސީލެއް އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ މަސައްކަތް ނިމި ބެލުންތެރިންނާ ހަމައަށް އަންނާނީ 2027 ގެ ފަހުކޮޅު އެވެ.