ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މިރޭ ފްރާންސާ ދެކޮޅަށް ސްޕެއިން ނުކުންނައިރު، އުފަން ދުވަހުގެ ހަދިޔާއަކަށް އެންމެ ބޭނުންވަނީ ވޯލްޑް ކަޕްގެ ފައިނަލްގެ ޖާގައެއް ހޯދުން ކަމަށް ސްޕެއިންގެ ތަރި ލަމީލް ޔަމާލް ބުނެފި އެވެ.
ސްޕެއިންގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ޔަމާލް 19 ވަނަ އުފަން ދުވަސް ފާހަގަކުރީ އިއްޔެ އެވެ.
ޔަމާލް ބުނީ އުފަން ދުވަހުގައި އަދި މާ ގިނަ ހަދިޔާއެއް ނުލިބޭ ކަމަށެވެ. އަދި އެންމެ ރަނގަޅު ހަދިޔާއަކަށްވާނީ ވޯލްޑް ކަޕްގެ ފައިނަލްގެ ޖާގައެއް ކަމަށެވެ.
"އެންމެ ރަނގަޅު ހަދިޔާއަކަށް ވާނީ ސެމީ ފައިނަލުން މޮޅުވެ، ނިއު ޔޯކް (ފައިނަލް ކުޅޭ ސިޓީ) އަށް ދާން ފުރުސަތު ލިބުން،" ސެމީގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޔަމާލް ބުންޏެވެ.
ފްރާންސަކީ މި އަހަރުގެ ވޯލްޑް ކަޕްގައި އެންމެ ރަނގަޅު ފޯމުގައި އޮތް ޓީމެވެ. އެކަމަކު ޔަމާލް ބުނީ ފްރާންސަކީ "ބިރު ގަންނަންޖެހޭ" ޓީމެއް ނޫން ކަމަށެވެ.
"އަހަރަމެންނަކީ ޔޫރަޕްގެ ޗެމްޕިއަނުން. އެހެންވީމަ އަހަރަމެން ބިރު ގަންނަންޖެހޭ ސަބަބެއް ނެތް،" ޔަމާލް ބުންޏެވެ.
މި އަހަރުގެ ވޯލްޑް ކަޕްގައި ޔަމާލް އަދި މިހާތަނަށް ޖެހީ އެންމެ ލަނޑެކެވެ. ޔަމާލް ބުނީ ލަނޑު ޖެހުމަަށްވުރެ އޭނާއަށް މުހިންމީ ޓީމު މޮޅުވުން ކަމަށެވެ. އެކަމަކު މިރޭގެ މެޗުގައި ލަނޑު ޖެހުމަށް އުންމީދުކުރާ ކަމަށެވެ.
"ލޮކް އަޕް"ގެ ތަޖުރިބާއިން ސުނީތާއަށް ލިބުނު ފިލާވަޅު ބުނެދީފި
ޝައިޚް ޙަމަދުގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސް ގަތަރަށް
ބޭންކުތަކުން 500 މިލިއަން ޑޮލަރު ގެންނަންޖެހޭ: ޔާމީން