އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރީތާ ހޮސްޕިޓަލަށް އާސަންދައިގެ ދަށުން އަލަށް ބަލިމީހުން ފޮނުވުން މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް އާސަންދަ ކުންފުނިން ހާމަކޮށްފި އެވެ.
އަމްރީތާ ހޮސްޕިޓަލަކީ ރާއްޖެއިން ބޭރުން ސިއްހީ ފަރުވާ ހޯދާ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު އަދި ގިނަ އަދަދެއްގެ ބަލިމީހުން އާސަންދައިގެ އެހީގައި ފަރުވާ ހޯދަމުންދާ ހޮސްޕިޓަލެކެވެ. އާސަންދަ ކުންފުނިން ބުނި ގޮތުގައި، މި ނިންމުމުގެ ސަބަބުން އެ ހޮސްޕިޓަލަށް ފަރުވާއަށް ދިއުމަށް ގަސްތުކުރާ އާ ބަލިމީހުންނަށް މިވަގުތު ވަނީ މަޑުޖައްސާލަން ޖެހިފަ އެވެ.
ނަމަވެސް، މިހާރުވެސް އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް މި ބަދަލުގެ ސަބަބުން އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން، މިހާރު ފަރުވާގެ ކަންކަން ކުރިއަށްދާ މީހުންނަށް ކުރިއެކޭވެސް އެއްފަދައިން އާސަންދައިގެ ހިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އާސަންދަ ކުންފުނިން ވަނީ ދީފަ އެވެ.
އަމްރީތާ ހޮސްޕިޓަލަށް އަލުން އާ ބަލިމީހުން ފޮނުވަން ފެށޭނެ ވަކި ތާރީހެއް އާސަންދަ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިންވެސް ރާއްޖެއިން ބޭރުގެ ބައެއް ހޮސްޕިޓަލްތަކުން އެކި ސަބަބުތަކާ ހުރެ އާސަންދައިގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައިވެއެވެ.
އާ ކުންފުންޏާއެކު ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ: ރައީސް
އީކޮމާސް ޕްލެޓްފޯމްތަކަށް ބީއެމްއެލް އިން މަހަކު 16 މިލިއަން!
ހޫތީންނަށް ހަމަލާދޭން ސައުދީން އެދުމުން އެމެރިކާ ދެކޮޅުހަދައިފި