އިތުރު ވަގުތުގައި ފެރާން ޓޯރޭސް ޖެހި ލަނޑާއެކު ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ އަތުން 1-0 އިން މޮޅުވެ، އެވެ. މިއީ ސްޕެއިން ވޯލްޑް ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ދެވަނަ ހާފުގައި ޓޮރޭސް ލަނޑު ޖެހީ އާޖެންޓީނާގެ ޕެނެލްޓީ އޭރިޔާ ނީކޯ ވިލިއަމްސް ބޮލުން ޖައްސާލި ބޯޅައެއް، އެއް ފަހަރުން ގޯލަށް އަމާޒުކޮށްލައިގެނެވެ.

ސްޕެއިން ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި މި އުފުލާލީ އެ ޤައުމުން 2010 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރިތާ 16 އަހަރު ފަހުންނެވެ.

މުޅި މެޗަށް ބަލާއިރު މިއީ ސްޕެއިނަށް ހައްގު މޮޅެކެވެ. ސްޕެއިން ލަނޑު ޖެހުމުގެ ކުރިން، އާޖެންޓީނާގެ ގޯލަށް އެ ޓީމުން 19 ޝޮޓް ހެދިއެވެ. ސްޕެއިން ލަނޑު ޖެހުމުގެ ކުރިން، އެ ޓީމު ގޯލަށް އާޖެންޓީނާއަށް އެންމެ ޝޮޓެއްވެސް ނުހެދެއެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމެނިކޮށް، އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. އެހެންކަމުން، އިތުރު ވަގުތުގެ ދެ ހާފު އެ ޓީމުން ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.

މުޅި މުބާރާތަށް ބަލާއިރު، ސްޕެއިން ކޮޅަށް މުބާރާތުގައި ވަނީ އެންމެ ލަނޑެކެވެ. ސްޕެއިންއަކީ ވޯލްޑް ކަޕްގެ މުބާރާތެއްގައި އެންމެ ލަނޑެއް ކޮޅަށް ވަދެ، މުބާާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ގައުމެވެ. އަދި ސްޕެއިނަކީ ޔޫރޯ އާއި ވޯލްޑް ކަޕެއް ޖެހިޖެހިގެން ކާމިޔާބުކުރުމުގެ ރެކޯޑް އޮތް ހަމައެކަނި ގައުމެވެ.