ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މުބާރާތުގެ ޗެމްޕިއަންކަމަށްވާ ސްޕެއިންގެ ކެޕްޓަން ރޮޑްރީއާށް ލިބިއްޖެ އެވެ.

ސްޕެއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުބާރާތުގެ ފައިނަލްގައި ރޭ އާޖެންޓީނާ އަތުން 1-0 އިން މޮޅުވެގެނެވެ. މިއީ ސްޕެއިން ވޯލްޑް ކަޕްގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ.

ރޮޑްރީ ވަނީ މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މުބާރާތުގައި ސްޕެއިން ކުޅުނު 8 މެޗުގައިވެސް އޭނާ ކުޅުނެވެ. މި މެޗުތަކުގައި އޭނާ ޖުމްލަ 803 ޕާސް ދިންއިރު، އެކިއުރަސީ ރޭޓަކީ 94 އިންސައްތަ އެވެ.

މި އަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ސްޕެއިންގެ ޑިފެންޑަރު ޕައު ކުބާސީ އެވެ. ސްޕެއިންގެ ޑިފެންސްގައި މުހިންމު ރޯލެއް އަދާކުރި ކުބާސީގެ އުމުރަކީ 19 އަހަރެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދީ ސްޕެއިންގެ އުނާއީ ސިމޮން އެވެ. މުޅި މުބާރާތުގައިވެސް ސްޕެއިން ކޮޅަށް ވަނީ އެންމެ ލަނޑެކެވެ.