މިއީ އަޅުގަނޑުމެން ގެނެސްދިން ބަތުގެ ރެސިޕީއާއެކު ސައިޑް ޑިޝްއެއްގެ ގޮތުގައި ހަދާލެވިދާނެ ޑިޝްއެކެވެ.

ބޭނުންވާ ތަކެތި

  • 2 މޭޒުމަތީ ސަމުސާ ތަންދޫރީ ހަވާދު
  • 500 ގ ކުކުޅު (ހަމާއެކު ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ ޔޯގަޓް
  • 3 މޭޒުމަތީ ސަމުސާ ހެވީ ކްރީމް
  • 200 ގ ޓޮމާޓޯ (ކިއުބުކޮށް ކޮށާފައި)
  • 2 ސައި ސަމުސާ އިނގުރު (ގާނާފައި)
  • 2 ލޮނުމެދު (ކުދިކޮށް ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
  • 1 ފިޔާ (ކުދިކޮށް ކޮށާފައި)
  • 2 ތޮޅި ރަތް މިރުސް (ކުދިކޮށް ކޮށާފައި)
  • ¼ ސައި ސަމުސާ ރީނދޫ
  • ¼ ސައި ސަމުސާ ޕެޕްރިކާ
  • ¼ ސައި ސަމުސާ ލޮނު
  • ½ ސައި ސަމުސާ ދިރި
  • ½ ސައި ސަމުސާ ކޮތަނބިރި
  • ¼ ސައި ސަމުސާ ގަރަމް މަސާލާ

ތައްޔާރުކުރާނެ ގޮތް

  1. 180 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނު ކުރާށެވެ. ބޮޑު ތަށްޓެއްގައި ތަންދޫރީ ހަވާދާއި ޔޯގަޓް އެއްކޮށްލުމަށްފަހު ކުކުޅުކޮޅު ތައްޓަށް އަޅައި ހަވާދުގަނޑު ކުކުޅު ކޮޅުގައި ރަނގަޅަށް އުނގުޅާލާށެވެ. އަދި ދެ ގަޑިއިރު ވަންދެން އައިސް އަލަމާރީގައި މެރިނޭޓް ކުރަން ބެހެއްޓުމަށްފަހު އަވަނުގައި 10 މިނެޓު ފިހެލާށެވެ.
  2. ހެވީ ކްރީމް، ޓޮމާޓޯ، އިނގުރު އަދި ލޮނުމެދު ތަށްޓެއްގައި އެއްކުރުމަށްފަހު އެއްފަރާތް ކޮށްލާށެވެ.
  3. ބޮޑު ތަވައެއްގައި ތެޔޮ ހޫނު ކުރުމަށްފަހު ފިޔާކޮޅު ރަތްކޮށްލާށެވެ. އަދި އޭގެ ތެރެއަށް މިރުސް، ރީނދޫ، ޕެޕްރިކާ، ލޮނު، ދިރި، ކޮތަނބިރި އަދި ގަރަމް މަސާލާ އެޅުމަށްފަހު 1 މިނެޓު މަޑުކުރާށެވެ. އަދި ފިހުނު ކުކުޅުތައް އަތުރާލުމަށްފަހު 5 މިނެޓު ވަންދެން ހަނާކޮށްލާށެވެ.
  4. ކުކުޅުތަކުގައި ފިޔާކޮޅުގެ ވަހާއި ރަހަ ހިފުމުން ކުރިން ހެދި ޓޮމާޓޯ އަދި ކްރީމް ޕޭސްޓް ތަވައަށް އަޅާލާށެވެ. އަދި ތަވައިގެ މަތިޖަހާ މަޑު ގިނީގައި އިތުރު 5 މިނެޓު ކައްކާލާށެވެ. އަދި އެއަށްފަހު ބައި ޖޯޑު ފެން އަޅައި ދިޔަވަރު ބޭނުންވަރަކަށް ބެހެއްޓުމަށްފަހު ބޮކިޖަހާ ކެކެންދެން ބަހައްޓާށެވެ

ރަނގަޅަށް އޮލަވެ، ރަތް ކުލައެއް ރިހަ ގަނޑަށް އެރުމުން އުނދުން މަތިން ބާލާށެވެ. ތައި ކެޝޫ ނަޓް ރައިސް އާއެކު ސައިޑް ޑިޝް އެއްގެ ގޮތުގައި ސުފުރާއަށް އިންސާފު ކޮށްލައްވާށެވެ.