ރާއްޖެއި ކޮވިޑް ޖެހިގެން މަރުވި މީހުން އަދަދު 96 އަކަށް އަރައިފި އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ނިޔާވެފައިވަނި އުމުރުން 30 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އޭނާ އަކީ ހުޅުމާލެ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ. މިއީ މިބަލީގައި ރާއްޖެއިން މަރުވި 96 ވަނަ މީހާ އެވެ.
ރޭ ވެސް ވަނީ 81 އަހަރުގެ ދިވެހި ފިރިހެނެކު ކޮވިޑް ބަލީގައި މަރުވެފަ އެވެ.
ދުވާލެއްގެ މައްޗަށް ކޮވިޑުގައި މަރުވާ މީހުން އިތުރުވަމުން އަންނަ އިރު ހޮސްޕިޓަލް ތަކުގައި އެޑްމިޓުކޮށް ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު މިވަނީ 259 އަރާފަ އެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ.
މި މަހުގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފަ އެވެ.
ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މި ބަލި ޖެހިފައިވާ 260 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ.