އެމެރިކާ އާއި ޔޫރަޕުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިގަތުމަށް "ހަބެއް" ގެ ގޮތުގައި ދިވެހިރާއްޖެ ބޭނުންކުރާ މައްސަލަ ބޮޑުވެ، އެކަން ފުރިހަމައަށް ހުއްޓުވުމަށް އެމެރިކާގެ ސަރުކާރުން ދިވެހި ސަރުކާރަށް އަންގައިފި އެވެ.
އެމެރިކާގެ މަޝްހޫރު ނޫސް "ވޯލް ސްޓްރީޓް ޖާނަލް" އިން ޝާއިއުކުރި ތަހުގީގީ ރިޕޯޓެއްގައިވާ ގޮތުން، ސެންކްޝަން ލިސްޓުގައިވާ މުދާ އެކި ގައުމުތަކުން ރާއްޖެއަށް އިމްޕޯޓުކުރުމަށްފަހު، ހުޅުލެއިން ފުރާ އޭރޯފްލޯޓްގެ މަތިންދާބޯޓުތަކުގައި ރަޝިޔާއަށް ގެންދަނީ ލިޔެކިޔުންތައް އޮޅުވާލައިގެންނެވެ.
މިގޮތަށް އެކްސްޕޯޓްކުރާ ތަކެތީގެ ތެރޭގައި މިސައިލް ގައިޑެންސް ސިސްޓަމްތަކަށް ބޭނުންވާ މައިކްރޯޗިޕްސް، ޓްރެކިން ސެޓެލައިޓް ހާޑުވެއާ، އަދި ޖެޓު ފައިޓަރާއި ދުރު ރާސްތާ މިސައިލަށް ބޭނުންވާ ދަގަނޑު ބޯލްޓު ހިމެނޭ ކަމަށް އެ ނޫހުން ރިޕޯޓްކުރި އެވެ.
ދިވެހި ކަސްޓަމްސްގެ ރަސްމީ ހިސާބުތަކުން 2022 އާއި 2025 އާ ދެމެދު ރަޝިޔާއަށް އެކްސްޕޯޓް ކުރީ އެންމެ 2,525 ޑޮލަރުގެ މުދާ ކަމަށް ދެއްކި ނަމަވެސް، "އިމްޕޯޓް ޖީނިއަސް"ގެ ހޯދުންތަކުން 2022 ގައި އެކަނިވެސް 630 މިލިއަން ޑޮލަރުގެ މުދާ ފޮނުވާފައިވާކަން އެނގެ އެވެ.
ހަމައެއާއެކު މި ކަމުގައި ލިޔެކިޔުން އޮޅުވާލުމުގައި ދިވެހި ދެ ކުންފުންޏެއް ކަމަށްވާ "ގޯ އިންވެސްޓްމަންޓްސް" އަދި "ފްރެއިޓް ކެއާ" އިސްކޮށް ޝާމިލުވާ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި މުވައްޒަފުން މަދުވުމުގެ ސަބަބުން ރާއްޖެއިން ރިއެކްސްޕޯޓްކުރާ މުދާ ބަލައި ފާސްނުކޮށް، ހަމައެކަނި ލިޔެކިޔުންތައް ޗެކްކުރާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް މުދާ ފޮނުވާ މިންވަރު އިންތިހާއަށް އިތުރުވެފައިވާތީ، މި ރޫޓު ބަންދުކުރުމަށް އެމެރިކާ އާއި ޔޫރަޕުގެ ގައުމުތަކުން އަންނަނީ ރާއްޖެއަށް ބޮޑެތި ޕްރެޝަރުތަކެއް ކުރަމުންނެވެ.
މީހަކު މެރުމުގެ ދައުވާ ލިބޭ ދެ މީހަކު ބަންދު ދޫކުރަން އެދެފި
"މެއިނޭ ޕްޔާރް ކިޔާ"އަށްފަހު ސަލްމާނަށް ފިލްމެއް ނުލިބުނީ ކީއްވެ؟
ޒުވާނުންނަށް ސްޓްރޯކް ޖެހުން އިތުރުވަނީ، ސަބަބަކީ ކޮބާ؟