ރާއްޖޭގެ މަރުކަޒީ ބޭންކުން އެދިފައިވާ 100 މިލިއަން އެމެރިކާ ޑޮލަރުގެ ފެސިލިޓީ ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒާއެކު ދެއްވި ގުޅިފައިވާ ނޫސްބަޔާނެއްގައި، އެމަނުފާނު ވިދާޅުވި ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މެލޭޝިއާގެ ސެންޓްރަލް ބޭންކު، ބޭންކު ނިގާރާ މެލޭޝިއާގައި އެދިފައިވާ މި ފެސިލިޓީ ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދެ ބޭންކު ގުޅިގެން ވީއެންމެ އަވަހަކަށް ކުރިއަށް ގެންދިއުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
އަދި ދިވެހި ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި އެހެން ގިނަ ކަންތައްތަކަށް ވެސް މެލޭޝިއާ ސަރުކާރުން އިޖާބަދޭނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވި އެވެ.
މާލޭގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ، މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާ ނުލިބޭ މައްސަލައަކީ އިދާރީ މައްސަލައެއް ކަމަށާއި، ކުރިއަށް އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހަޅުއްވައިގެން ހައްލު ކުރައްވާނެ ކަމަށެވެ. އަދި މެލޭޝިއާއިން ސިއްހީ ފަރުވާ ހޯދާ ދިވެހިންނަށް ކުރިމަތިވާ ދަތިތަކަށް ވެސް އެގޮތުގެ މަތިން ހައްލު ހޯއްދަވައިދެއްވާނެ ކަމަށް އެމަނުފާނު ވިދާޅުވި އެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، މިއަހަރު ނިމުމުގެ ކުރިން ދެ ގައުމުގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުމުގައި ދެ ގައުމަށް މުހިންމު ގިނަ ދާއިރާތަކަކުން އިތުރަށް މަޝްވަރާކޮށް ގުޅުން ބަދަހިކުރުމަށް ނިންމާފައިވެ އެވެ.
އެމާއާއި ކޮޑީގެ ކައިވެނީގެ އެންމެ ފުރަތަމަ ފޮޓޯތައް އާއްމުކޮށްފި
ނިޔާވި ދަރިވަރުގެ އާއިލާއިން މެލޭޝިއާއަށް ދިޔުމަށް އެހީ ހޯދަނީ
ސަމާލުވޭ! އެނާޖީ ބުއިންތަކުން ކުޑަކުދިންގެ ސިއްހަތަށް ނުރައްކާ!

ހުޅުމާލެ އެސްޓަރ ކައިރިވެސް ހަވީރު 17:30 ހަައިރު އެކްސިޑެންވެގެން ތިބި. މުޅި މަގު ބުލޮކްވި އެގަޑީގައި