އެސްއެމްއީ ޑިޖިޓަލް އިން ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސިންގ ފެސިލިޓީތަކަށް ބަދަލުކުރުމަށް ބާއްވާ ރީފައިނޭންސިންގ އޯޕަން ޑޭ، މި ހިނގާ ސެޕްޓެމްބަރު 19ގައި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވެ އެވެ.
ރީފައިނޭންސިން އޯޕަން ޑޭގެ މަގުސަދަކީ، އެސްއެމްއީ ޑިޖިޓަލްގެ ކަސްޓަމަރުންނަށް މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސިންގ ފެސިލިޓީތަކަށް އެއް ދުވަހުން ބަދަލުކުރުމެވެ.
ލޯނު ބަދަލުކުރުމުން ކަސްޓަމަރުންނަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި:
- އިސްލާމީ އުސޫލުން އައު ފެސިލިޓީއެއް އެކުލަވާލުން
- ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބުން
- މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވުން
މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އައު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަގުގައި އެސްއެމްއީ ޑިޖިޓަލް އިން އިތުރު ފައިނޭންސިންގ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
މި ބަދަލަކީ އެސްއެމްއީ ޑިޖިޓަލް އަކީ ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.
އެސްއެމްއީ ޑިޖިޓަލް އިން މީގެ ކުރިން ބޭއްވި ދެ އޯޕަންޑޭ އަކީ ވެސް ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދެވުނު އޯޕަންޑޭއެވެ. ގިނަ ކަސްޓަމަރުންތަކެއް އޯޕަން ޑޭގައި ބައިވެރިވެ ފެސިލިޓީތައް ބަދަލުކުރުމަށް އެހީތެރިކަން ހޯދާފައިވެ އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ، ފުރިހަމަ އިސްލާމީ ފައިނޭންސް ފޯރުކޮށްދޭ މުއައްސަސާއަކަށް ބަދަލުވުން. މި ލަނޑުދަނޑި ހާސިލްކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން މިދަނީ ރީފައިނޭންސިންގ އޯޕަން ޑޭގައި ބުރަކޮށް ހަރަކާތްތެރިވުން. މި އިވެންޓްތަކުގެ ކާމިޔާބީ އަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން ދެމުންދާ އެއްބާރުލުން. އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޕޯޓްފޯލިއޯގެ ބޮޑު ބައެއް ބަދަލުކޮށް ނިންމާލުން"
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 19 ސެޕްޓެމްބަރު 2026 ވަނަ ދުވަހު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގަ އެވެ.
ގްރޭޓާ މާލެ ޓްރާންސްޕޯޓު މޮބިލިޓީ އޮފީހުގެ ވެރިއަކަށް މާނިއު
ރާއްޖެއިން ތެޔޮ ފެނޭތޯ ބެލުމަށް ޕެޓްރޮނާސްއާއެކު މަޝްވަރާކުރަނީ
ބޮޑު އަގުގައި ޑޮލަރު ވިއްކަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފި
