މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށްޓަކައި އެ މަގުގެ ވެސްޓް ޕާކު ސަރަހައްދު މިރޭ ބަންދުކުރާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން އާންމުކުރި އެންގުމެއްގައިވާ ގޮތުން، މި މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓް ޕާކު ސަރަހައްދުން މަގުގެ އެއް ފަޅި ބަންދުކުރުމަށް ވަނީ ނިންމާފަ އެވެ.
ނަމަވެސް މަގުގެ އަނެއް ފަޅި އާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ. އަދި މި ކަމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފަ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މަސްމާރުކޭޓާ ހިސާބުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް އެއްގަމުތޮށި ބޭރަށް ޖައްސައި، މަގު ހަތަރު ލޭނަށް ފުޅާކޮށް ވަނީ ތާރުއަޅާފަ އެވެ. އަދި ދެވަނަ ފިޔަވަހީގައި މަސްމާރުކޭޓުން ނޯތު ހާބަރާ ހަމައަށް އޮތް ސަރަހައްދު ވަނީ ފުޅާކޮށްފަ އެވެ.
އެމެރިކާއިން ޔޫކްރޭނަށް 2.1 ބިލިއަން ޑޮލަރުގެ މިސައިލް ވިއްކަނީ
މަޝްހޫރު ފިލްމް ޕްރޮޑިއުސަރު ސަންޖޭ ގުޕްތާ މަރުވެއްޖެ
"ސައްލަން ބައި ރިފޫ"ދިވެހި މީރު ރަހަތަކެއް!