ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މަސްލަހަތު ކުރިން އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި އެސްއޯއެފްގެ އެކައުންޓުން މޮންޓިލިއަންގެ އެކައުންޓަށް 17،000 އެމެރިކާ ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް އެ ދުވަސްވަރު އެ ކުންފުނި ހިންގުމުގައި އިސްކޮށް އުޅުނު ފަރާތަށް ޝައްކުކުރެވޭނެ ހާލަތެއް އޮއްވައި، އެ ފައިސާ އެކައުންޓަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. އަދި އެ ފައިސާ އަނބުރާ ހޯދުމަށް އެމްއެމްޕީއާރުސީއަށް އެންގުމަށް ވެސް ޕީޖީ އޮފީހުގައި ވަނީ އެދިފަ އެވެ.
ވިޔަފާރި ރެޖިސްޓްރީއިން ދައްކާގޮތުން މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް މިހާރު އޮތީ އުވާލުމުގެ މަރުހަލާގަ އެވެ. އެ ކުންފުނީގެ ހިއްސާދާރުުންގެ ގޮތުގައި ތިބީ ޝާހިދު ހުސައިން އާއި ސައީދު ހުސައިން އެވެ. އަދީބަކީ އެ ކުންފުނީގެ ކުރީގެ ހިއްސާދާރެކެވެ. މީގެ ކުރިން އޭސީސީން ވަނީ މި ހިޔާނާތާ ގުޅިގެން އެމްއެޗްއާރު ޓްރޭޑިންގެ މައްޗަށް ވެސް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދިނުމަށް އެދިފަ އެވެ.
އުމުރު ދުވަހުގެ ހުކުމެއްގައި ހުރި ޑްރަގު ޑީލަރަކު މިނިވަންކޮށްފި
އީޝާގެ ޝަރީއަތް ސިއްރުކޮށްގެން ފަށައިފި
