ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެއްކަމަށްވާ އިންޓަނެޓު އަގުހެޔޮ ކުރުމުގެ ވައުުދު ނުފުއްދި ލަސްވީ، ރައީސް އޮފީހުގެ އޭރު ސެކްރެޓަރީ އަދި މިހާރު މިނިސްޓަ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާގެ ސަބަބުން ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ޓެކްނޮލޮޖީ މިނިސްޓަރުކަމުން މަލީހު ވަކިކުރީ، ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ފާސްކޮށްގެންނެވެ. ނަމަވެސް މަލީހު ވިދާޅުވެފައި ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގީ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ދެއްކި ވާހަކަތަކެއްގެ ސަބަބުން ކަމަށާއި ކޮންމެހެން މަގާމުގެ މަސްއޫލިއްޔަތު އަދާނުކޮށްގެން ނޫން ކަމަށް މަލީހު ވިދާޅުވި އެވެ.
މަލ؛ީހު އިއްޔެގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޓަނެޓުގެ އަގު ހެޔޮ ކުރުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ޝައުނާއަށް ނިންމާލެވޭނެ ކަމަށް ޝައްްކު ނުކުރާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، އިންޓަނެޓު އަގުހެޔޮ ކުރުމަށް ކުރަން ޖެހޭ ކަންކަން ނިންމައި ރައީސް އޮފީހަށް ފޮނުވުން ޝައުނާ އެކަން އިތުރަށް ކުރިއަށް ނުގެންގޮސް މަޑު ޖައްސާފައިވާ ކަމަށެވެ.
އަދި ވިދާޅުވީ އިންޓަނެޓު އަގޮހެޔޮ ކުރުމުގެ މަސައްކަތް 19 ޖޫން 2019ގައި ނިންމާފައިވާ ކަމަށެވެ. ޝައުނާ ބޭނުންވި ނަމަ ހަމަ އެދުވަހު ވެސް އިންޓަނެޓުގެ އަގޮ ހެޔޮ ކުރެވެން ހުރި ކަމަށެވެ. އެކަމަކު އެކަންނުކޮށް ހުރީ ކަމަށެވެ.
"މިނިސްޓަރ ޝައުނާ ތިޔަކަން މިހާރު އަވަހަށް ކުރައްވާނެ. އެކަމާ ޝައްކު ނުކުރަން. އެއީ ޕޮލިސީ އޮފީހުގައި އުޅުއްވިއިރު ނެޓް އަގުހެޔޮކުރުމަށް އެޅުނު އެންމެ ބޮޑު އެއް ހުރަހަކީ އެކަމަނާ. 19 ޖޫން 2019ގައި ނިންމާފަ ހުރި މަސައްކަތް ބަޓަނަށް ފިއްތާލާ އަގުހެޔޮކޮށް ލައްވަންވީ" މަލީހު ވިދާޅުވި އެވެ.
މީގެ ކުރިން މަލީހު ވިދާޅުވެފައި ވަނީ އިންޓަނެޓުގެ އަގުހެޔޮ ކުރުމުގެ ހުރިހާ ކަމެއް ވެރިކަމުގެ ހަ މަސް ދުވަހުން ނިންމައި ރައީސް އޮފީހަށް އެކަން ކުރަން ފޮނުވީމައި ނުކޮށް ލަސްކުރީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ވަޒީރަކަަށް އޭނާ ނުވުމުން ކަމަށެވެ.
މިނިސްޓަރުކަމަށް މަލީހު އައީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. މަލީހުގެ މިނިސްޓަރުކަމުގެ ދުވަސްވަރު މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކާއެކު ދިޔަ މަޝްވަރާގެ ތެރެއިން އެ ކުންފުނިތަށް ވަނީ އިންޓަނެޓުު އަގުހެޔޮކުރަން އެއްބަސްވެފަ އެވެ. އެކަން މަލީހު ވަނީ ޝައުނާއަށް އަންގާފަ އެވެ.