އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައިގެ ބާރު ގަދަވަމުން އަންނަ ދުވެއްޔާއެކު، ފަންނާނުންގެ އަމިއްލަވަންތަ ކަމާއި ޝަހުސީ ހައްގުތައް ހިމާޔަތް ކުރުމަށް ހަރުދަނާ ގާނޫނުތަކެއް ބޭނުންވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކްރިތީ ސެނޮން ބުނެފި އެވެ.
އެންޑީޓީވީ ވޯލްޑް ސަމިޓްގައި ވާހަކަ ދައްކަމުން ކްރިތީ ފާހަގަކުރި ގޮތުގައި، އޭއައިއަކީ ވަރަށް ނުރައްކާތެރި އަދި ތޫނުފިިލި އާލާތެކެވެ.
އެހެން ކަމުން އޭއައި އިން އޭނާގެ މޫނާއި އަޑު އަދި ޝަހުސިއްޔަތުގެ އެހެން ސިފަތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ހާމަކުރި އެވެ.
"އޭއައި ދެކެ އަހަރެން ވަރަށް ބިރުގަނޭ. އެއީ ވަރަށް ތޫނުފިލި ވަސީލަތެއް. ވީއިރު، ޓެކްނޮލޮޖީ ކުރިއަށްދާ ފަދައިން ގާނޫނުތައް ވެސް ތަރައްގީވާން ޖެހޭނެ" ކްރިތީ ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ އިންސާނުންގެ އިހުސާސުތަކާއި މޫނުމަތިން ފެންނަ އަސަރުތަކަކީ އެއްވެސް އިރެއްގައި ޑޭޓާ ޕޮއިންޓްތަކެއް ނޫން ކަމަށާއި، އެއީ ބުރަ މަސައްކަތާއި ތަޖުރިބާއިން ހޯދާފައިވާ ކަންކަން ކަމަށެވެ. ފަންނާނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މިހާރު މާ ބޮޑަށްވެސް ސަމާލުވާން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރި އެވެ.
އޭއައިގެ ސަބަބުން ފަންނާނުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ދެކޮޅަށް ބޮލީވުޑްގެ އެހެން ފަންނާނުންނެކޭ އެއްފަދައިން ކްރިތީ ވެސް އަންނަނީ ގާނޫނީ ގޮތުން މަސައްކަތް ކުރަމުންނެވެ.
އެގޮތުން، ހުއްދަ ނެތި އޭނާގެ ނަމާއި، ފޮޓޯއާއި، ސިފަ އަދި އޭއައި މެދުވެރިކޮށް އުފައްދާފައިވާ ކޮންޓެންޓްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމަށް ކޯޓު އަމުރަކަށް ވެސް އޭނާ ވަނީ ހުށަހަޅާފަ އެވެ.
ޓެކްނޮލޮޖީގެ ކުރިއެރުމަށް މަރުޙަބާ ކިޔާ ކަމަށާއި ނަމަވެސް އިންސާނީވަންތަ ކަމާއި ފަންނުވެރިންގެ އަގު ވަޒަން ކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއް މުހިއްމު ކަމަށް ކްރިތީގެ ވާހަކައިގައި ބާރު އަޅާފައިވެ އެވެ.
ކުދި ވިޔަފާރިތަކަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭ!
އަލިފާނުގެ ހާދިސާގައި 18 މީހަކަށް އެކިވަރުގެ އަނިޔާވެ ފަރުވާދެނީ
ބޭރުގެ ޑިޕްލޮމެޓުން ޓެކްސް ދައްކަން ނުޖެހޭ ގޮތް ހަދަނީ