ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކާއި ކޮންސިއުލާ ޕޯސްޓްތަކުގެ ޑިޕްލޮމެޓުންނާއި އެ މީހުންނާއި އާއިލާތަކުން ރާއްޖޭގައި ޓެކްސް ދައްކަން ނުޖެހޭ ގޮތަށް އަދި އެތެރެކުރާ މުދަލަށް ޑިއުޓީ މައާފްވާ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލާ ޕޯސްޓްތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުގެ އިމްތިޔާޒާ ބެހޭ ބިލްގައިވާ ގޮތުން ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކާއި އެތަންތަނާ ގުޅުންހުރި ފަރާތްތަކުން ރާއްޖޭގައި ޖީއެސްޓީ ދައްކަން ނުޖެހޭނެ އެވެ.
އެ ފަރާތްތަކުން ރާއްޖޭގައި ދިރިއުޅުމަށް އެތެރެކުރާ މުދަލާއި އަދި ރަސްމީ ބޭނުމަށް ގެންނަ މުދަލުން ވެސް އިމްޕޯޓް ޑިއުޓީ އާއި ޓެކްސް ނުނަގާނެ ކަމަށް ވެސް އެ ބިލްގައިވެ އެވެ. އަދި އެކަމާބެހޭ އިޖްރައާތުތައް ކަމާބެހޭ އިދާރާތަކުން ގުޅިގެން ކަނޑައަޅަން ޖެހޭނެ ކަމަށް އެ ބިލްގައިވެ އެވެ.
އެހެން ނަމަވެސް އެގޮތަށް އެތެރެކުރާ މުދާ ވިއްކާލާނަމަ ނުވަތަ އެހެން ފަރާތަކަށް ދޭނަމަ އެއަށް ޑިއުޓީ ދެއްކުމަށް އެއްބަސްވާންޖެހޭ ފަދަ އުސޫލުތަކެއް އެ ބިލްގައި ހިމަނާފައިވެ އެވެ. އަދި އެއް ބާވަތެއްގެ މުދާ އެތެރެކޮށްފިނަމަ އެ ބާވަތެއްގެ މުދަލަށް ދެވަނަ ފަހަރު ޑިއުޓީ ދެއްކުމުން އިސްތިސްނާ ނުލިބޭ ގޮތަށް ވެސް ބިލްގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން ޑިޕްލޮމެޓުންނަށް އިމްތިޔާޒް ދިނުމާ ބެހޭ އުސޫލުތަކެއް އެ ބިލްގައި ހިމަނާފައިވެ އެވެ
ރޭގަނޑު ލަހުން ކާނަމަ ބަރުދަން އިތުރު ވޭތަ؟ ޑޮކްޓަރެއްގެ ޖަވާބު!
ސްކޭމްގެ މައްސަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފި
ވެރިންގެ މުސާރަ ބޮޑުކުރުމުގެ ނިންމުން ބަދަލުކުރަން ގޮވާލައިފި
