ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ދައުވަތު ދީފައިވާތީ، އެ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް އަދާލަތު ޕާޓީން ފަށައިފި އެވެ.
މި މަޝްވަރާތައް ފަށާފައިވަނީ ހުކުރު ދުވަހުގެ ރޭ ބޭއްވި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ 4 ވަނަ ދައުރުގެ 9 ވަނަ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމަށް ޕީއެންސީއާއެކު ކޯލިޝަން ހެދުމުގެ މައްސަލަ ހުށަހެޅުއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ޝިފާނެވެ.
އެނގިފައިވާގޮތުގައި ރައީސް މުހައްމަދު މުއިއްޒު ގެންދަވަނީ އަދާލަތު ޕާޓީ ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.
އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ މާލީ އެހީތެރިކަން ދޭތީ އެ ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުންހުރީ ޕީއެންސީއާއެކު ކުރިއަށް ދިޔުމަށް ކަމަށެވެ.
ޕީއެންސީއާއެކު ކޯލިޝަން ހެދުމާ މެދު ގޮތެއް ނިންމަން މިރޭ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފަ އެވެ.
އަދާލަތު ޕާޓީން މީގެ ކުރިން 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީ އާ ގުޅިގެން މަސައްކަތް ކުރި އެވެ. އެމްޑީޕީ ވަނީ ކޯލިޝަން އެއްބަސްވުން ފުރިހަމައަށް ތަންފީޒުކޮށްފަ އެވެ. އެގޮތުން އޭރުގެ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އަށް ވަނީ ހޯމް މިނިސްޓަރުކަން ދެއްވާފަ އެވެ. އަދި އިސްލާމިކް މިނިސްޓަރުކަން ދެއްވީ އެ ޕާޓީގެ މެންބަރު ޑރ. އަހްމަދު ޒާހިރު އަލީ އަށެވެ.
ކުޑަކުދިން ޔޫޓިއުބް ބެލުން: ބެލެނިވެރިން ސަމާލުވާންވީ ކަންކަން
ޕެންޝަން ފަންޑު 30 ބިލިއަން ރުފިޔާއަށް އަރައިފި

ދައުލަތުގެ ފައިސާއިން ނުޙައްގު ފައިސާ ޕާޓީ ހިންގަންދޭތީވެ ޕީއެންސީއައެކު ކޯލިޝަން ހަދަން މަޝްވަރާކުރާނީ މިއީ އަދާލަތު ތޯ ަަހާލަންޖެހެއެވެ
ރިޕްލައި