ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ ބަންދު އަމުރުގެ އިސްތިއުނާފް އަޑުއެހުން ހައިކޯޓުން ކެންސަލްކޮށްފި އެވެ.
ހައި ކޯޓުން ބުނީ މިއަދު މެންދުރު 13:15 ގައި ބޭއްވުމަށް ތާވަލުކުރި ޝާހިދުގެ އަޑުއެހުން ކެންސަލްވީ އިދާރީ ސަބަބަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ ސަބަބެއް އެއީ ކޮން ސަބަބެއް ކަމެއް ނުބުނެ އެވެ.
ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރަން ހުށަހެޅީ ނޮވެމްބަރު 4، ގަ އެވެ.
ޝާހިދާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވާކަން މިހާތަނަށް އެނގިފައެއްނުވެ އެވެ.
ބަންދު އަމުރުގެ މައްސަލަތައް ހައިކޯޓުން ލަސްކުރާ ކަމުގެ ކަންބޮޑުވުން މީގެކުރިން ވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
"އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެވެ. މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެން،" އޭނާގެ އެކައުންޓުން ކުރި ޓްވީޓެއްގައި ލިޔެފައިވެ އެވެ.
މަޖުބޫރުކޮށްގެން ޕީއެންސީއަށް މެންބަރުން ވެއްދުން ބާރަށް ކުރިއަށް
ދިރިއުޅުމުގެ އުފާވެރިކަން ނަގާލާ ބައެއް އާދަތައް
