ކޮވިޑަށް ފަރުވާދެމުން ދިޔަ 39 އަހަރުގެ އަންހެނަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ 39 އަހަރުގެ އަންހެނަކު މިރޭ 8:25 ގައި މަރުވެފައިވާ ކަމަށެވެ.
މިއީ ކޮވިޑްގައި މިއަދު މަރުވި ތިން ވަނަ މީހާ އެވެ. މިހާތަނަށް މި ބަލީގައި ޖުމްލަ 123 މީހަކު ވަނީ މަރުވެފަ އެވެ.
މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން ނިޔާވި މަހަށް ވެފައިވާއިރު، މިހާތަނަށް ޖުމުލަ 122 މީހަކު އެ ބަލީގައި ވަނީ ނިޔާވެފަ އެވެ. މި މަހު އެކަނިވެސް މިހާތަނަށް 50 މީހަކު ވަނީ ރާއްޖޭގައި ކޮވިޑްގައި ނިޔާވެފަ އެވެ.

މިދުވަސްވަރު ހޫނުމިން އެންމެ މަތިވާނީ މެންދުރުފަހު 2 ޖަހާއިރު
ސުވާލާއި ޖަވާބު: ހައިޟުވެރިޔާ ފަހު ދިހައެއް ހޯދާނީ ކިހިނެއް؟
ވަތަނީ ހިދުމަތުގެ 3 ވަނަ ބުރަށް ކުރިމަތިލާން ހުޅުވާލައިފި
