މެޑިސިން ކިޔަވާ ނުވަ ދަރިވަރަކު ހުޅުމާލެގައި ކޮވިޑް ބަޔަށް ފަރުވާ ދިނުމަށް ތައްޔާރުކޮށްފައިވާ ފެސިލިޓީގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ ނަރުސްކަން ކިިޔަވާ 30 ދަރިވަރުން ހުޅުމާލެ ފެސިލިޓީގައި މަަސައްކަތްކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ހުޅުމާލެ ފެސިލިޓީގައި މަސައްކަތްކުރާ މީހުންގެ އަދަދު މަދުވުމުގެ ސަބަބުން އެ ފެސިލިޓީގައި މަސައްކަތް ކުރުމަށް ވޮލިންޓިޔަރުން ހޯދުމަށް ވެސް ހެލްތް މިނިސްޓްރީން މީގެ ކުރިން ވަނީ އިއުލާނު ކޮށްފަ އެވެ.

ކޮވިޑް ހާލަތު ގޯސްވެފައިވާތީ މިމަހުގެ 26 ވަނަ ދުުވަހުން ފެށިގެން ކާފިއު ގަޑިއަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.