އާއިލާއަކީ ޝައްކެއް ވެސް ނެތް ގޮތުގައި ކޮންމެ މީހެއްގެ ހަޔާތުގައި ވެސް މުހިއްމު ހިއްސާއެކެވެ. އާއިލާގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ އެ ނުރައްކަލަކުން އާއިލާ ސަލާމަތް ކުރަން އެކަކުވެސް ފަހެއް ނުޖެހޭނެ އެވެ.
އެކަން މިފަހަރު ސާބިތުކޮށްދިނީ އެމެރިކާއަށް ނިސްބަތްވާ އުމުރުން އެންމެ ހަތް އަހަރުގެ ކުޑަ ކުއްޖެކެވެ. އާއިލާގެ އެހެން މެމްބަރުން މަރުން ސަލާމަތް ކުރުމަށްޓަކައި އެ ކުޑަ ކުއްޖާ އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ކުރި އެއް ގަޑިއިރުގެ ދަތުރަށް ސާބަސް ދޭން ޖެހެ އެވެ.
ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ އެ އާއިލާ މަސްބާނަން ނުކުތީ ފްލޮރިޑާގެ އައްސޭރި އަށެވެ. ހަތް އަހަރުގެ ޗޭސް އާއި އޭނާގެ ހަތަރު އަހަރުގެ ކޮއްކޮ ފަތަން މޫދަށް ފޭބީ އޭގެ އިރުކޮޅެއް ފަހުންނެވެ
އިސާހިތަކު ދެކުދިން އޮޔާ ދަމައިގަނެ ސަލާމަތަށް އެދި ގޮވަން ފެށުމުން އެދެކުދިންގެ ބައްޕަވެސް މޫދަށް ފުންމާލީ އެވެ. ގަދަ އޮއިގައި ކޮއްކޮ ސަލާމަތް ކުރުމަށް ބައްޕަ މަސައްކަތް ކުރިއިރު ޗޭސް އިތުރު އެހީ ހޯދުމަށް އެއްގަމާ ދިމާއަށް ފަތަން ފެށި އެވެ.
ޗޭސް އަށް އެއްގަމަށް އެރުނީ އެއް ގަޑިއިރު ފެތުމަށް ފަހުގަ އެވެ. ވަރުބަލިވެފައި ވީ ނަމަވެސް ކައިރީގައި ހުރި ގެއަށް ގޮސް ރެސްކިއު ޓީމްތަކުގެ އެހީއަށް އެދުނެވެ.
ޗޭސްގެ ބައްޕަ އާއި ކޮއްކޮ ސަލާމަތްވީ އޭނާ ދެއްކި ގަދަ ހިތްވަރުންނެވެ. އެކަން އޭނާގެ ބައްޕަ ފާހަގަ ކުރީ އުފަލާއި ފަޚުރުވެރި ކަމާއެކުގަ އެވެ.