ބޮލީވުޑްގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ ކެތްރީނާ ކައިފް އަދި ވިކީ ކޯޝަލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

މި ދެ ފަންނާނުން އެކުގައި ވަރަށް ގިނައިން ފެނިފައިވެ އެވެ. ނަމަވެސް އެ ގުޅުން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

މި ހަބަރު ކަށަވަރު ކޮށްދީފައި ވަނީ ހަރްޝް ވަރްދަން ކަޕޫރެވެ. ހަރްޝް މި ވާހަކަ ކަށަވަރު ކޮށްދީފައި މިވަނީ ޒޫމް ޓީވީއެއްގެ ޗެޓް ޝޯއެއްގައި މެހެމާނެއްގެ ގޮތުން ބައިވެރިވެ، އެ ޝޯގައި ކުރިއަށް ގެންދިޔަ ސެގްމެންޓެއްގެ ތެރެއިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

އެގޮތުން ހަރްޝް ބުނެފައި ވަނީ ''ވިކީ އާއި ކެތުރީނާ އުޅެނީ ލޯބީގެ ގޮތުން އެކުގައި. އެއީ ހަމަ ތެދު ވާހަކައެއް. މި ސުވާލަށް ޖަވާބުދީގެން އަހަރެންނަށް މި ކުރިމަތިލެވެނީ ބޮޑު މައްސަލައަކާތަ؟"

ހަރްޝް ވަރްދަން ކަޕޫރު މި ހަބަރު ކަށަވަރު ކޮށްދީފައި ވިނަމަވެސް ކެތުރީނާ އާއި ވިކީ މިކަމާ ގުޅިގެން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮންމެއަކަސް މިލިބުނު ހަބަރާއެކު މި ދެ ފަންނާނުންގެ ސަޕޯޓަރުން ތިބީ ވަރަށް އުފަލުންނެވެ.