ކުޗްރަންގް ޕައިރުކީ "އެއިސޭބީ އާ ޔޭ ރިސްތޭހެ ޕައިރުކީ" ފަދަ މަގްބޫލް ސީރީޒްތަކުން މަޝްހޫރު ވެގެންދިޔަ ތަރި ޝަހީރު ޝެއިކްގެ އަންހެނުން ބަނޑުބޮޑު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޝަހީރު އާއި ރުޗިކާ ކަޕޫރު ކައިވެނިކުރީ މިދިޔަ އަހަރު ނޮވެމްބަރު މަހު އެވެ. ރުޗިކާ ބަނޑުބޮޑު ވާހަކަތައް ފެތުރިފައިވާ މި ދަނޑިވަޅު އޭނާ ވަނީ އެކްތާ ކަޕޫރްގެ އުފަންދުވަސް ފާހަގަކުރަން ބޭއްވި ޕާޓީއެއްގަ ބައިވެރިވެފަ އެވެ. ރުޗިކާ މި ޕާޓީއަށް ގޮސްފައި ވަނީ ގަޔަށްދޫ ދަނބުކުލައިގެ ހެދުމެއްގައި އެވެ. ރުޗިިކާއަކީ ބަލާޖީ މޯޝަން ޕްރޮޑަކްޝަންގެ ކްރިއޭޓިވް ހެޑެވެ.

ޝަހީރު ވަނީ ކުޑަދުވަސް ކޮޅަކަށް ޑްރާމާ ކުޅުމާ ދުރަށް ދިއުމަށްފަހު އިންޑޮނޭޝިއާގެ ފިލްމުތަކާއި ޑްރާމާތައް ކުޅެ، ކާމިޔާބުތަކެއް ހޯދާފަ އެވެ. މިގޮތުން އޭނާއަށް ލިބުނު އެންމެ ބޮޑުއެއް ފުރުސަތަކީ އޭޝިއާ ގޮޓް ނިއު ޓެލެންޓް ވިތް މާކް ނެލްސަންގެ ޝޯ ހޯސްޓްކުރުމަށް ލިބުނު ފުރުސަތެވެ.

ފަސް އަހަރު އެ އިންޑަސްޓްރީގާ މަސައްކަތް ކުރިއިރު، އޭނާ އަށް ވަނީ އިންޑޮނޭޝިއާގެ ބަތަލާ އަޔޫ ޗިންޗިންއާ ލޯބީގެ ގުޅުން ބާވާފަ އެވެ.