ޖޭޝަން މޮއުމާއު ލީޑްރޯލް ކުޅޭ ސްވީޓް ގާލް ރިލީސްކުރާ ތާރީހު އިއުލާން ކޮށްފި އެވެ.
ނެޓްފްލިކްސްގެ އުފެއްދުމެއް ކަމަށްވާ ސްވީޓް ގާލްއަކީ އެކްޝަން ތްރިލާ ފިލްމެކެވެ. މި ފިލްމުގައި މަޝްހޫރު ތަރިންތަކެއް ފެނިގެންދާއިރު އެންމެ މުހިއްމު ތަރިންނަކީ ޖޭޝަން މޮއުމާއު އާއި އެޑްރިއާ އަރުޖޯނާގެ އިތުރުން އިޒުބެއްލާ މާސޭޑް އެވެ.
ޖޭޝަން މިފިލްމުގައި އަދާކުރަނީ އޭނާގެ އަންހެނުން (އެޑްރިއާ އަރުޖޯނާ) މަރުގެ ބަދަލު ހިފަން ކެތްމަދުވެފައިވާ ރޯލެކެވެ.
އަންހެނުން މަރުގެ ހަގީގަތް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިމާވާ ކަންތަކެއްގެ ސަބަބުން ޖޭޝަން އާއި އޭނާގެ ދަރިފުޅަށް އެކިވަރުގެ މުސީބާތްތަކާއި ކުރިމަތިވެގެންދެ އެވެ، މިއާއެކު އޭނާގެ ދަރިފުޅު (އިޒުބެއްލާ މާސޭޑް) ހިމާޔަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ބައްޕައެއް ރޯލެކެވެ.
ސްވީޓް ގާލްއަކީ ބްރިއަން އެންޑިރިއު އަލަތު ޑައިރެކްޝަން އެވެ. މިފިލްމް ރިލީސް ކުރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ވިހި ވަނަ ދުވަހު ނެޓްފްލިކްސްގަ އެވެ.
މިފިލްމުގެ ފުރަތަމަ ޓްރެއިލާ ނެޓްފްލިކްސްއިން ރިލީސް ކޮށްފައި ވަނީ ހޯމަ ދުވަހު އެވެ.
އެމްބިއުލާންސްއަށް ޖާގަ ނުދީ ދިއުން: އިންސާނިއްޔަތުކަން ކޮބާ؟
ވީއައިއޭއިން އެއްދުވަހު 27،000 ފަސިންޖަރުންނަށް ހިދުމަތް ދީފި
ވަޒީފާގައި މާ ގިނައިރު އުޅޭނަމަ އުމުރު ކުރުވޭ: ދިރާސާ