މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓްގެ އެންމެ އަވަހަށް ނެރޭ ލަވަ އަލްބަމަށް ކިޔާ ނަން އޭނާ ހާމަކޮށްފި އެވެ.

އޭނާ ޓުވިޓާގައިކުރި ޕޯސްޓެއްގައި ބުނެފައިވާ އޭނާ ނެރޭ ލަވަ އަލްބަމަށް ކިޔާނީ "ރެޑް" އެވެ.

ފަހަކަށް އައިސް ޓެއިލާ ދަނީ އޭނާ ކުރިން ރެކޯޑްކޮށްފައި ހުރި އަލްބަމްތައް އަލުން ރިލީޒް ކުރަމުންނެވެ. އެގޮތުން މިހާތަނަށް އޭނާ ވަނީ "ފިއާލެސް" މި އަލްބަމް ރިލީޒް ކޮށްފަ އެވެ. އަދި ދެން އެންމެ އަވަހަށް ރިލީޒްކުރަން ހަމަޖެހިފައި ވަނީ "ރެޑް" ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޓެއިލާ ސްވިފްޓް ބުނެފައިވާ ގޮތުގައި އޭނާގެ އަލްބަމް ރެޑް ނެރޭނީ އަންނަ ނޮވެމްބަރު މަހު ކަމަށެވެ. އަދި އެ އަލްބަމުގައި 30 ލަވަ ހިމެނޭއިރު އޭގެ ތެރެއިން އެއް ލަވަ ދިހަ މިނެޓަށް ދިގުވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ރެޑް ފުރަތަމަ ރިލީޒް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. މި އަލްބަމްގެ ލަވަތައް ބިލްބޯޑް ހޮޓް 100 ގައި ވެސް ހިމެނިފައިވެ އެވެ.

ބެސްޓް ކަންޓްރީ އަލްބަމް އަދި އަލްބަމް އޮފް ދަ އިޔާ 2014 ގްރެމީ އެވޯޑަށް ވެސް ރެޑް ވަނީ ނޮމިނޭޓް ވެފަ އެވެ.