ބޮލީވުޑްގައި ގިނަ އެކްޓަރުންނަށް ކާމިޔާބު ލިބިގެން ދިޔައީ އޭނާގެ ލަވަތަކުގެ ސަބަބުން ކަމަށް 90 ގެ އަހަރުގެ ތެރޭގައި ކާމިޔާބު ލަވަތަކެއް ކިޔާފައިވާ އަބީޖީތު ބަޓަޗާރިއަ ބުނެފި އެވެ.

ބީޖީތު މީޑިއާއަށް ދިން އިއްޓަވިއުއްގައި ބުނެފައިވަނީ މިހާރު ބޮލީވުޑްގައި ކާމިޔާބުތަކެއް ހޯދާފައިވާ ގިނަ ފަންނާނުންނަށް ކާމިޔާބު ލިބިގެންދިޔައީ އޭނާ ކިޔާފައިވާ ލަވަތަކުގެ ސަބަބުން ކަމަށާއި އެގޮތުން ސުނިލް ޝެޓީ އާއި އަކްޝޭ ކުމާރަކީ އެގޮތުން ފާހަގަ ކޮށްލެވޭ ދެ ފަންނާނު ކަމަށް ވެސް އަބީޖީތު ވަނީ ބުނެފަ އެވެ.

"އަހަރެން ލަވަ ކިޔަނީ ހަމައެކަނި ސްޓާރުންނަށް، އެކްޓަރުންނަށް ލަވަ ކިޔުމުން އެހާ ކާމިޔާބީއެއް ނުލިބޭ. އެގޮތުން ޝާހުރުކު ޚާން އާއި ސުނިލް ޝެޓީ ފަދަ ތަރިންނަށް ލަވަކިޔައިދިނުމަށް އެލަވަޔަކަށް ކާމިޔާބު ލިބިގެންދޭ،" އަބީޖީތު ބުންޏެވެ.

އަބީޖީތުއަކީ ނުވަދިހަ އަހަރު ތެރޭގައި ވަރަށް ގިނަ ކާމިޔާބު ލަވަތަކެއް ކިޔާފައިވާ ފަންނާނަކަށްވާއިރު، މިހާރު ވެސް އޭނާގެ ލަވަތަކަށް ލޯބިކުރާ މީހުން ގިނަކަން ފާހަގަ ކޮށްލެވެ އެވެ.

އަކްޝޭ ފިލްމީ ދާއިރާއަށް ނިކުތްއިރު އޭނާ އަކީ ފަގީރުންގެ މިތުން ކަމަށާއި އަބީޖީތުގެ މިއުޒިކުގެ ސަބަބުން އޭނާ ސްޓާއަކަށްވެ، ކާމިޔާބު ވެގެން ދިޔަ ކަމަށެވެ. އަކްޝޭއަށް ކާމިޔާބު ކެރިއަރެއްގެ ބިންގާ އެޅިގެންދިޔައީ 1992 ގެ ފިލްމު ކިލާޅީއިންނެވެ. އެ ފިލްމުގެ ގިނަ ލަވަތަކެއް ކިޔާފައި ވަނީ އަބީޖީތު އެވެ.

އަބީޖީތު ވަނީ ރިއަލިޓީ ޝޯ އިންޑިއަން އައިޑަލްއަށް ވެސް ވަރަށް ފަހުން ފާޑުކިޔައިފަ އެވެ.