ވިދްޔާ ބާލަންގެ “ޝޭރުނީ"ގެ ޕުރޮޑިއުޝަރަށް ލީގަލް ނޯޓިސް އިންޑިއާގެ މަޝްހޫރު ޝިކާރަވެރިޔާ ނަވާބު ޝަފަތު އަލީ ހާން ފޮނުވައިފި އެވެ.
ވިދްޔާ ބާލަންގެ "ޝޭރުނީ" އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާ ކޮށްފައިވާ ފިލްމެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފައި ނެތް ނަމަވެސް މިކަމާބެހޭ ގޮތުން ޝޯޝަލް މީޑިއާ ދަނީ އެކިގޮތް ގޮތަށް ވާހަކަ ދެކެވެމުންނެވެ.
މި ފިލްމުގައި ދައްކުވައިދެނީ މަހަރާސްތުރަގެ ޔަވަޓްމަލް ޑިސްޓްރިކްޓްގައި 2018 ވަނަ އަހަރު ޝިކާރަކުރި "އަވާނީ" ނަމަކަށް ކިޔާ މިނިކާވަގެއް ބަޑިޖަހާ މަރާލާ ގޮތެވެ.
ގިނަބައެއްގެ ފާޑުކިއުން އަމާޒުވެފައި ވަނީ ފިލްމުގައި ދައްކުވައިދީފައިވާ ކެރެޓްޓަތަކުގެ ދީނާ ގުޅިގެންނެވެ.
މިޝިކާރަކުރި މީހުންނަކީ މުސްލިމުން ކަމަށްވާއިރު މި ހާދިސާ ފިލްމުގައި ދަކުވައިދީފައި ވަނީ ހިންދޫ މީހެއްކަމުން ވަރަށް ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ.
މިނިގާވަގު ޝިކާރަކުރި ނަވާބް ޝަފަތް އަލީ ޚާން އާއި އޭނާގެ ދަރިފުޅު އަސްގަރު ވަނީ މިމައްސަލަ ކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލާގެ ނޯޓިސް މިހާރު މިފިލުމުގެ ޕްރޮޑިއުސަރަށް ވަނީ ފޮނުވައިފަ އެވެ. ނަމަވެސް މިކަމާ ގުޅިގެން ވަކި އެއްޗެއް "ޝޭރުން" ގެ ޓީމަކުން އަދި ނުބުނެ އެވެ.
ސިނަމާގެ ބަދަލުގައި ސީދާ އޯޓީޓީ ޕްލެޓްފޯމްއަށް ނެރުނު މި ފިލްމު ރިލީސްކުރީ އެމެޒޯން ޕްރައިމް ވީޑިއޯގަ އެވެ.