ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީގެ ފިލްމު “ހަންގާމާ 2” ރިލީޒްކުރާ ތާރީހް އިއުލާން ކޮށްފި އެވެ.

ޕުރިޔާދަރްޝަންގެ "ހަންގާމާ 2" އަކީ ގިނަ ބައެއް އެ ފިލްމެއްގެ އިންތިޒާރުގައި ތިބި ފިލްމެކެވެ.

ޝިލްޕާ ޝެޓީގެ އިތުރުން މިފިލްމުން ފެނިގެންދާނީ ޕަރޭޝް ރަވަލް، މިޒާން ޖެފަރީ އަދި ޖޯނީ ލިވާ ފެނިގެންދާ ކޮމެޑީ ޑްރާމާފިލްމު ރިލީޒް ކުރުމަށް ނިންމާފައި ވަނީ ޖުލައި 16ގަ އެވެ.

"ހަންގާމާ 2 "ގެ ޑިޖިޓަލް ރައިޓްސް 30 ކްރޯޑް (ހަތަރު މިލިއަން ޑޮލަރު) އަށް ޑިސްނީ ޕްލަސް ހޮޓްސްޓާއަށް ވިއްކާލާފައިވާ ކަމަށް ބޮލީވުޑް ހަންގާމާގެ ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.

މިފިލްމުގެ ޓްރެއިލާ އަންނަ މަހުގެ އެއް ވަނަ ދުވަހު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިފިލްމަކީ ހެއްވާ މަޖާ މި ކަލަހަލަ ދުވަސް ކޮޅެއްގައި މީހުން ހެއްވާލާ ކަހަލަ ފިލްމެކެވެ.

މި ފިލްމަކީ 2003 ވަނަ އަހަރު ނެރުނު ހަންގާމާ ފިލްމުގެ ސީކުއެލް އެކެވެ. ހަންގާމާ ފިލްމުގެ ލީޑްރޯލްއިން ފެނިގެންދިޔައީ އަކްޝޭ ކަންނާ، ރިމީ ސެން، ޕަރޭސް ރަވަލް އަދި އަޕްތާބު ސިވްދަސާނި އެވެ. މިފިލްމުގައި އަކްޝޭ ކަންނާ ހާއްސަ ފެނިލުމަކުން ފެނިގެންދާނެ އެވެ.