ސްޓާ ޕްލަސްއިން ދައްކަމުން އަންނަ ހިންދީ ޑްރާމާ ސިލްސިލާ "ޝޯރްޔާ އޯރް އަނޯކީ ކީ ކަހާނީ" ހުއްޓާލަން އުޅޭކަމުގެ އަޑުތައް އަންނަނީ ހަލުވިކަމާއެކު ސޯޝަލް މީޑިއާގައި ފެތުރެމުންނެވެ.

"ޝޯރްޔާ އޯރް އަނޯކީ ކީ ކަހާނީ" އަކީ މިދިޔަ ޑިސެމްބަރު 21 ގައި ސްޓާ ޕްލަސް އިން ދައްކަން ފެށި ޑްރާމާ ސިލްސިލާ އެކެވެ. ޝޯ މިހާ އަވަހަށް ހުއްޓާލަން މެދުވެރިވި ސަބަބަކީ ދަށް ޓީއާރްޕީއެއް ޝޯއަށް ލިބޭތީ ކަމަށް ޝޯގެ ޕްރޮޑަކްޝަން އާ ވަރަށް ގާތުން މަސައްކަތް ކުރާ މީހަކު ވަނީ ބުނެފަ އެވެ.

ޝޯގެ އުފެއްދުންތެރިން ވަނީ ޝޯގެ ޓީއާރްޕީ މަތި ކުރެވޭ ތޯ އެކި ގޮތްގޮތުން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެކަމުގައި އެ މީހުންނަށް ކާމިޔާބު ލިބޭގޮތް ވަނީ ނުވެފަ އެވެ.

https://www.youtube.com/watch?v=0np20GYCWyk

މީޑިއާ ރިޕޯޓްތަކުން ހާމަވާ ގޮތުގައި މި ޝޯ އޯޓީޓީ ޕްލެޓްފޯމްއަކުން ވެބް ސީރީޒްއެއްގެ ގޮތުން ފެނުމުގެ ފުރުސަތު އެބައޮތެވެ. މިއީ ޝޯގެ ސަޕޯޓަރުންނަށް ލިބިގެންދާނެ އުފާވެރި ހަބަރަކަށް ވެދާނެ އެވެ. މި ކަމާ ގުޅޭގޮތުން ޔަގީން ހަބަރެއް ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ލިބޭނެ އެވެ.