އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން އާއި ދެކުނު ކޮރެޔާގެ މިއުޒިކް ބޭންޑެއް ކަމަށް ބީޓީއެސް އެކުގައި ދެވަނަ ލަވައަކަށް ތައްޔާރުވެފައިވާ ކަމަށް އެޑް ޝީރަން ހާމަކޮށްފި އެވެ.

އެމެރިކާގެ ރޭޑިޔޯ ޝޯއެއް ކަމުގައިވާ ''މޯސްޓް ރިކުއެސްޓެޑް ލައިވް'' ޝޯގައި މިދިޔަ ހޮނިހިރު ދުވަހު ބައިވެރިވި ޝީރަން ވަނީ އޭނާގެ ސަޕޯޓަރުންނަށް މި އުފާވެރި ޚަބަރު ހިއްސާކޮށްފަ އެވެ.

ބީޓީއެސް އާއެކު މީގެ ކުރިން ވެސް މަސައްކަތް ކޮށްފައިވާނެ ކަމަށާއި އެ މަސައްކަތަށް އެތައް ރެކޯޑެއް ލިބިފައިވާއިރު ބީޓީއެސްއާއި އެކު އައު ރެކޯޑުތަކެއް ގާއިމުކުރުމަށް އިތުރު ލަވައެއް ލިޔެފައިވާ ކަމަށް އެޑް ޝީރަން ބުނެފައިވެ އެވެ.

ޝީރަން ދެކޭ ގޮތުގައި ބީޓީއެސް މެމްބަރުންނަކީ ވަރަށް ''ކޫލް'' ބައެކެވެ. އެކުގައި މަސައްކަތް ކޮށްލަން އެންމެ ރަނގަޅު އެކަށޭނެ ބައެއް ކަމަށެވެ.

ބީޓީއެސް އިން އަންނަނީ އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު އެ މީހުންގެ އެންމެ ކާމިޔާބު ލަވަ "ބަޓަރު" ގެ ސިންގަލް ރިލީޒް ސީޑީއަކާ އެކު މުޅިން އައު ލަވައެއް ނެރުމަށް ތައްޔާރުވަމުނެވެ.

ހަމަ މިއާއެކު އެޑް ޝީރަން ވެސް އަންނަނީ އޭނާގެ ކުރިއަށް އަންނަން އޮތް ފަސްވަނަ ސްޓޫޑިއޯ އަލްބަމްގެ މަސައްކަތްތައް ކުރަމުންނެވެ.