އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކޮށް ފަރުހާން އަޚްތަރު ފެނިގެންދާ ފިލްމު "ތޫފާން" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

މި ފިލްމުގައި ފަރްހާން އަކްތަރް ފެނިގެންދާނީ ބޮކްސިން ކުޅޭ މީހެއްގެ ރޯލުންނެވެ.

މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މިދިޔަ މަހު 21 ވަނަ ދުވަހު އެވެ. ނަމަވެސް އޭރު އިންޑިއާއަށް ކޮވިޑްގެ ދެވަނަ ތޫފާނެއް އައިސްގެން އުޅުމުގެ ސަބަބުން ފިލްމު ފަސްކުރީ އެވެ. ފިލްމު ރިލީޒްކުރާ ތާރީޚު ހާމަކުރަމުން ފަރުހާން ބުނީ މި ފިލްމު ރިލީޒްކުރާނީ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. ފިލްމު ރިލީޒްކުރާނީ އެމެޒޯން ޕްރައިމްގަ އެވެ.

https://www.youtube.com/watch?v=4qalsBNwZds

ފިލްމުގެ ޓްރެއިލާގައި ފެނިގެން ދާ މަންޒަރުތަކަށް ބަލާއިރު ބޮކްސިން އަށް ފަރުހާންގެ ހިތުގައި އޮތް ލޯތްބާއި އަދި އެ ކުޅިވަރުން ކުރިއަށް ދިޔުމަށް މަސައްކަތް ކުރާ މަންޒަރާއި ފަސް އަހަރަށް އޭނާ ބޮކްސިން ކުޅުން މަނާވާ މަންޒަރެއްވެސް ފެނިގެންދިޔަ އެވެ. ފިލްމުގެ ލީޑް ރޯލުން މުރުނާލް ތާކުރް ފެނިގެންދަނީ ފަރްހާން ކުރަން ބޭނުންވާ ކަންކަން ކުރުމަށް ފަރްހާން އަށް ހިތްވަރުލައިދޭ މަންޒަރެވެ.

ފިލްމު ކުޅެން 15 ކިލޯ ބަރުވި ފަރުހާން ވަނީ ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ބޮޑީބިލްޑް ވެސް ކޮށްފަ އެވެ.