ފިލްމެއްގައި މަސައްކަތް ނުކުރާތާ ތިން އަހަރުވާން ކައިރިވެފައިވާ ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ މި އަހަރުގެ ފަހުކޮޅު ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ ތިން އަހަރު ކުރިން، 2018 ވަނަ އަހަރު ދެއްކި ފިލްމު "ޒީރޯ" އަށްފަހު މަޝްހޫރު އެކްޓްރެސް އަނުޝްކާ ޝަރުމާ ސްކްރީނުން ގެއްލި، ނުފެންނަތާ މިހާރު ދެ އަހަރަށްވުރެ ގިނަދުވަސް ވެއްޖެ އެވެ. މިއާއެކު އަނުޝްކާގެ ފޭނުން މިހާރު ތިބޭނީ އޭނާގެ ފިލްމެއްގެ އިންތިޒާރުގައިކަން ޔަގީނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ފިލްމަކީ މިދިޔަ އަހަރުގެ ތެރޭގައި ވެސް އަނުޝްކާގެ އޭގެ ބައެއް މަސައްކަތްތައް ކުރި އިންޑިއާގެ މަޝްހޫރު އަންހެން ކްރިކެޓް ތަރި ޖޫލާން ގޮސް ވާމީގެ ބައޮގްރަފިކަލް ޑްރާމާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ސްކްރިޕްޓް މަސައްކަތް ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުން ހާމަވެ އެވެ.

ސްކްރިޕްޓަށްފަހު ދެން ކުރިއަށްދާނެ ޝެޑިއުލެއް ޑައިރެކްޓަރު ހާމަކުރާނެ ކަމަށް ވެސް ބެލެވެ އެވެ.

ޖޫލާންގެ ބައޮޕިކަކީ ސޮނީ ޕިކްޗާޒްއިން ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެކަމަކު ފިލްމު ޑައިރެކްޓްކުރާނެ މީހަކު އަދި އިއުލާނެއް ނުކުރެ އެވެ.

ޖޫލާން ނިޝިޓް ގޯސްވާމީއަކީ އޯލް ރައުންޑާ ކްރިކެޓް ކުޅުންތެރިއެކެވެ. އަދި އިންޑިއާގެ އަންހެން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ވެސް މެ އެވެ.