އާމިރު ޚާންއާ ކިރަން ރާއޯ ވަނީ ދެ މީހުންގެ 15 އަހަރުގެ ކައިވެނި ނިމުމަކަށް އައިސްފައިވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފަ އެވެ.

އެ ބަޔާނުގައި ދަރިފުޅު އަޒާން ބަލާނީ ދެ މީހުން އެކުގައި ކަމަށް ބުނެފައިވާއިރު، މި ހަބަރުގެ ސަބަބުން އާމިރުގެ ސަޕޯޓަރުން ވަނީ ހައިރާންވެފަ އެވެ. އޭގެ އެއް ދުވަސް ފަހުން އާމިރު އާއި ކިރަން މިވަނީ ވީޑިއޯއެއް އާންމުކޮށްފަ އެވެ. މި ވީޑިއޯގައި ކިރަންގެ އަތުގައި ހިފާލައިގެން އިނދެ، އާމިރު ބުނެފައި ވަނީ ގުޅުން ބަދަލުވެގެން ދިޔަޔަސް އަދިވެސް ތިބީ އެކުގައި ކަމަށެވެ

މި ވީޑިއޯގައި އާމިރު ބުނެފައި ވަނީ "މި ހަބަރުން ހައިރާން ވެސް ވާނެ. ކަމުވެސް ނުގޮސްފާނެ. ދެރަ ވެސް ވެދާނެ. އެކަމަކު ބުނަން ބޭނުން ވަނީ އަަހަރެމެން ދެ މީހުން ވެސް ވަރަށް އުފާވާކަމާއި އަދިވެސް މިއީ އެއް އާއިލާ އެއް. ގުޅުން ބަދަލުވިއަސް އަދިވެސް މިިބީ އެކުގައި. އެހެން ވީމާ އެގޮތަށް ނުވިސްނާ" މިހެންނެވެ.

އާމިރުއާ ކިރަން ކައިވެނިކޮށްފައި ވަނީ 2015ގަ އެވެ.

އާމިރުގެ ފުރަތަމަ ކައިވެނި ކޮށްފައިވަނީ ރީނާ ދައްތާ އާ އެވެ. އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ އިރާ އާއި ޖުނެއިދް އެވެ.