ރާއްޖެ އާއި ބޭރުގެ ވެސް ފިލްމީތަރިންނަކީ ތަފާތު އެކި އެކި ގޮތް ގޮތަށް ހެދުން އެޅުމަށް ލޯބިކުރާ ބައެކެވެ. އެ ގޮތުން މިފަހަރު މި ބަލާލަނީ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ މަލައިކާ އަރޯރާ އާއި ނޯރާ ފަތެހީގެ ހެދުން އެޅުމުގެ ވައްޓަފާޅި އަށެވެ.
މިިދޔަ އާދީއްތަ ދުވަހު މަލައިކާ އަރޯރާ މުމްބާއީގަ ހުންނަ އޭނާގެ ގޭ ކައިރިން ނޫސްވެރިނަށް ފެނިފައި ވަނީ ވަރަށް ވެސް ސްޓައިލިޝްކޮށް ހެދުން އަޅާފައި ހުއްޓަ އެވެ. އޭނާގެ އަތުގައި ލުއިވުޓޯންގެ އަގުބޮޑު ދަބަހެއް ވެސް އަޅުވާލާފައި އޮތެވެ. ބަލާބެލުމަށް ލަފާކުރެވެނީ މަލައިކާ ތައްޔާރުވެފައި ހުރީ އޭނާގެ އެކުވެރިންނާއެކު މެންދުރުގެ ކެއުމަކަށް ތަނަކަށް ދާށެވެ.
މަލައިކާ އެކޭ އެއްގޮތަށް ނޯރާ ވެސް އާދީއްތަ ދުވަހު ފެނިފައިވަނީ ނުހަނު ހިތްގައިމު ގޮތަކަށެވެ.
ނޫސްވެރިންނަށް ނޯރާ ފެނިފައި ވަނީ ބޭންޑްރާގެ ސަރަހައްދަކުންނެވެ. ބަލާބެލުމަށް ނޯރާ އެ ދަނީ އޭނާގެ މަސައްކަތްތަކެއް ނިންމާލާފަ ކަމަށް ލަފާ ކުރެވެ އެވެ. ނޯރާ ލާފައި ހުރީ ނޫ ކުލައިގެ ސޯޓަކާއި ހުދު ޓީޝާޓެކެވެ.
ކިތަންމެ އާދައިގެ ގޮތެއްގައި ހުއްޓަސް ނޯރާ ފެންނަނީ ވަރަށް ވެސް ސްޓައިލިޝްކޮށެވެ.
ސިޔާސީ ކަންކަމުގައި ހަނު ހުންނާތީ "ދަ ރޮކް"އަށް ފާޑު ކިޔަނީ!
އާޖެންޓީނާގެ ފެނިލުން ގަދަ ނޫ ކުލައިގައި، ހަމަ ނަސީބުތަ؟
ވިލާ ސިމެންތި: ރާއްޖޭގެ ތަރައްގީގައި 26 އަހަރުގެ އިތުބާރު