މިދިޔަ އަހަރުގެ ޔޫޓިއުބްގެ ލަވަ ލިޔުންތެރިންގެ ލިސްޓްގެ އެއްވަނާގައި އިންޑިއާގެ މަޝްހޫރު ރެޕާ ބާދްޝާ ހިމެނިއްޖެ އެވެ.

މިޔުޒިކް ބިޒްނަސް ވޯލްޑް ވައިޑް އިން ބުނެފައި ވަނީ ބާދްޝާ ލިޔެ އަދި ކިޔައިދީފައިވާ ލަވަ "ގެންޑާ ޕޫލް" އަށް ޔޫޓިއުބުން 831 މިލިއަން ވިއުސް ލިބިފައިވާ ކަމަށެވެ.

Adv by Coca Cola
Coca Cola
Adv by Dhiraagu
Dhiraagu

މިއާއެކު ބާދްޝާ ވަނީ ޔޫޓިއުބްގެ ލަވަ ލިޔުންތެރިންގެ ލިސްޓުން އެއްވަނަ ޖާގަ ހޯދާފަ އެވެ.

"ގެންޑާ ޕޫލް" ލަވައިގެން ބާދްޝާގެ އިތުރުން ފެނިގެންދަނީ ބޮލީވުޑްގައި އަރަމުން އަންނަ ތަރި ޖެކްލިން ފެނާންޑަސް އެވެ.

ބާދްޝާއާގެ ޔޫޓިއުބް ޗެނަލު ފޮލޯ ކުރާ މީހުންގެ އަދަދު އުޅެނީ ދެ މިލިއަނުން މަތީގަ އެވެ.

ބާދްޝާހްގެ ކުޑައިރުގެ ހަދާންތަކާއި ގުޅިފައިވާ "ދި ޕަވަ އޮފް ޑުރީމްސް އޮފް އަ ކިޑް" އަލްބަމް ވަނީ އޭނާގެ ޔޫޓިއުބް ޗެނަލުގައި ރިލީޒް ކޮށްފަ އެވެ.

މި އަހަރު ވެސް ބާދްޝާ ވަނީ ޖެކްލިންއާ އެކީ ޕާނީ ޕާނީ ލަވަ ކުޅެފަ އެވެ.

ޖެކްލިންގެ އިތުރުން ލަވަކިޔުންތެރިޔާ އާސްތާ ގިލް ވެސް ފެނިގެންދާ މިލަވަ ނެރުނުތާ އެއް މަސްތެރޭގައި 245 މިލިއަން ވިއުސް ވަނީ ލިބިގެން ގޮސްފަ އެވެ.

ޕާނީ ޕާނީ ވަނީ ބިލްބޯޑްގެ ޗާޓަށް ވެސް އަރާފަ އެވެ.