ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ޖުމްހޫރީ ޕާޓީން މިއަދު ވަކިވެވަޑައިގެންފި އެވެ.
ޖުމްހޫރީ ޕާޓީއިން ވަކިވެޑައިގެންފައިވާކަން އިއުލާނު ކުރެއްވުމަށް މިއަދު ކުރެއްވި ޓުވީޓްގައި ނާޒިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދާ ގައުމަށް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ހިދުމަތްކުރަން ބޭނުންވާތީ މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީއިން ވަކިވެއްޖައިން ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއިން ވަކިވުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފޮނުއްވި ސިޓީގައި ނާޒިމް ވަނީ، ޖޭޕީގެ ލީޑަރާއި އެ ޕާޓީގެ މެމްބަރުން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 2019 ގައި އިންތިޚާބުގައި ކާނަލް ނާޒިމް މަޖިލީހަށް ހޮވިވަޑައިގެންނެވީ ޖޭޕީގެ ޓިކެޓްގަ އެވެ. ކާނަލް ނާޒިމްގެ އިތުރުން، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒްވެސް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އެހެންކަމުން މިހާރު ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލް ކުރަން ތިއްބަވާނީ ތިން މެންބަރުންނެވެ.
ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕާޓީއަށް މިހާރު ވަނީ، 3000 މެމްބަރުންގެ ސޮއި ވެސް ހަމަކޮށްފައިކަމަށްވެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އިތުރު މެމްބަރުންތަކެއް އެ ޕާޓީއަށް ސޮއިކުރައްވަން ވަނީ ނިންމަވާފަ އެވެ.
ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތްކުރަށްވާ މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ތިއްބަވާ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ގާސިމް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.
މިހާރަށް ވުރެބޮޑަށް ޤައުމު އަޅުވެތިކުރަން ބޭނުންވާތީ މ. ސީނުކަރަންކާގޭ ނާޒިމް ޖުމްހޫރީ ޕާޓީން ވަކިވެއްޖެ. މިކަލޭގެޔަށް ޕާޓީ ހެދުމަށް ޢަދަދު ހަމަނުކުރެވޭނެ. އީ.ސީ އަށް ރިޝްވަތުދީގެން މީހުން ހަމަކުރަން މިކަލޭގެ މަސައްކަތް ކުރާނެ. މިސަރުކާރު ބަދަލުވުމުން ޕާޓީއަށް މީހުން ހަމަކުރިގޮތް އަހަރުމެން ބަލާނަން އަދި އެގޮތަށް ކަންކޮށްފައިވާ ނަމަ. ސީދާ ޖަލަށް ގަޅުވާލާނަން ވައްކަންނުކޮށް ޢަދަދުހަމަ ނުކުރެވޭނެ ކަލޯ ތިޔަތެޅެނީ. އަނެއް ގޮޅިޔަށް ފެތެން.