ނެޓްފުލިކްސްގެ ފިލްމު "ހަސީން ދިލްރުބާ"އިން ގިނަ ބައެއްގެ ހިތްތައް އަތުލާފައިވާ ހަރްސްވަރުދަން ރާނޭ ބުނީ 2004 ވަނަ އަހަރު ޑެލިވަރީ ބޯއިއަކަށް އުޅުނު ކަމަށާއި ޖޯން އަބްރަހަމްއަށް ހެލްމެޓްއެއް ޑެލިވަރީ ކުރަން ވެސް ދިޔަ ކަމަށެވެ.

ހަރްސްވަރުދަންގެ ކުރިއަށް އޮތް ފިލްމު "ތާރާ ވާސަސް ބިލާލް" ގެ ޑައިރެކްޓަރަކީ ވެސް ޖޯން އަބްރަހަމް އެވެ.

ނަވްބާރަތް ޓައިމްސް އާ ވާހަކަ ދައްކަމުން ހަރްސްވަރުދަން ބުނެފައި ވަނީ 2004ވަނަ އަހަރު ޑެލިވަރީ ބޯއިއެއް ގޮތުގައި މަސައްކަތް ކުރި ކަމަށެވެ.

" ޖޯން އަބްރަހަމްއަށް ހެލްމެޓެއް ޑެލިވަރީ ކޮށްދޭން ދިޔައިރު ހުރި ގޮތް އަދިވެސް ހަދާން އެބަހުރި. ބޮލުގައި ތެޔޮލާފައި މޫނުގައި ބިހިނަގާފައި ހަޑިވެފައިހުރި ސައިކަލެއްގައި ދިޔައީ،" އޭނާ ބުންޏެވެ.

ހަރްސްވަރުދަން ބުނެފައި އޭނާގެ ފިލްމު ޕުރޮޑިއުސަރު ޖޯން އަދިވެސް ފެނުމުން ހާސްވާ ގޮތްވާ ކަމަށެވެ.

"ކޮނޑުމަތީ އަތްބާއްލާ އިރަށް ކޮންއިރަކުންބާއޭ ދާނީ ހިތައްއަރާ ފަހަތައް ޖެހެވޭ. ޖޯންއާ ވާހކަ ދައްކާއިރު ސާ ކިޔާފަ ވާހަކަ ދައްކާތީވެ އެހެން ނުކިޔުމަށް ބުނެފައި އޮތަސް ކިހިނެއް ނުކިޔާނީ އަދިވެސް ފުރަތަމަ ދިމާވި އިރު ހުރެވުނުގޮތް އެނގޭ،" އޭނާ ބުނެފައިވެ އެވެ.